English Edition
Dhivehi Edition

އިންޑިއާގައި ފުރަބަންދަށް ދިން ލުއިތަކާއެކުވެސް އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިން ބޭރަށް ނުނެރުމަށް ސަރުކާރުން އިލްތިމާސް ކޮށްފައިވަނިކޮށް މަޝްހޫރު ފިލްމީތަރިން ކަމަށްވާ ސައިފް އަލީ ހާން އާއި ކަރީނާ ކަޕޫރް އެމީހުންގެ ދަރިފުޅާއެކު ބޭރަށް ނިކުތުމުން ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެއްޖެއެވެ.

ކަރީނާ އާއި ތައިމޫރް ގޮވައިގެން ސައިފް އިރުއޮއްސޭ މަންޒަރު ބެލުމަށްޓަކައި މެރިން ޑްރައިވް އަށް ދިޔައިރު އެ ދެމީހުން މާސްކް އަޅައިގެން ތިބި ނަމަވެސް ކުޑަކުޑަ ތައިމޫރް ހުރީ މާސްކެއްވެސް ނާޅުވައެވެ. މި މަންޒަރު އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔަ ފުލުހަކަށް ފެނުމާއެކު މިކަމާއި ބެހޭ ގޮތުން ސައިފް އާއި ވަނީ ސުވާލުކޮށްފައެވެ. މި ގޮތުން މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުން ދާ ވީޑިއޯ އިން ފެންނަ ގޮތުން، ތައިމޫރް ކޮނޑަށް ލައިގެން ސައިފް އިރުއޮއްސޭ މަންޒަރު ބަލަން ހުއްޓާ ފެނުމުން ފުލުސް މީހާ އައިސް މި ހާލަތުގައި ކުޑަކުދިން ބޭރަށް ނެރުމަކީ މަނާކަމެއް ކަމުގައި ބުނާ މަންޒަރު ފެނިގެން ދެއެވެ.

ކޮންޓްރޯލެއް ނެތި އިންޑިއާގައި ހަލުވިކަމާއެކު ބަލި ފެތުރެމުން އަންނައިރު މިހާތަނަށް އިންޑިއާއިން ޖުމްލަ 257,392 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.އަދި ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު 7207 އަށް އަރާފައެވެ.