ހިޔާ މަޝްރޫއުގެ ދަށުން އަޅާ 7،000 ސޯޝަލް ހައުސިން ޔުނިޓްތަކަށް ފައިދާއާ އެކު މަހަކު 5600 ރުފިޔާ ނަގައިގެން ދެކޮޅު ޖެއްސޭނެ ކަމަށް ރައީސް އަބްދުﷲ ޔާމީން، ސަރުކާރުގެ ހައުސިންގް މިނިސްޓަރު ޑރ. މުހައްމަދު މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޑރ. މުއިއްޒު މިހެން ވިދާޅުވެފައި ވަނީ، އެ ފްލެޓްތަކަކީ ދަރަނީގެ ދަންތުރައެއް ކަމަށާއި އެތަންތަން ހަދާފައި ވަނީ އަކަ ފޫޓަކަށް 1900 ރުފިޔާގެ ރޭޓުން ކަމާއި، އެހެންކަމުން ކުލީގެ ގޮތުގައި 11،000 ރުފިޔާ ޖެހޭނެ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފާޑުވިދާޅުވުމާއި ގުޅިގެން އެ ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.
ހިޔާ މަޝްރޫއުގެ ހުރިހާ ހަރަދުތަކާ ގުޅޭ ތަފާސް ހިސާބުތައް އާންމުކުރައްވައި މުއިއްޒު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ އިމާރާތްކުރުމަށާއި، ފިނިޝިންނާއި، ފައިނޭންސިން ހަރަދުގެ މައްޗަށް ފައިދާ ހިމަނާފައި ވެސް އެ ފްލެޓެއްގެ ކުއްޔަށް މަހަކު 5،600ރ. އަށް ދޫކުރެވޭނެ ކަމަށެވެ. ” 20 އަހަރަށް ބަހާލައިގެން ފްލެޓް ލިބޭ ފަރާތުން ދެއްކުމުން ދެކޮޅު ޖެހޭތީ އެގޮތަށް ރައީސް ޔާމީން ނިންމެވީ،” ޑރ. މުއިއްޒު ވިދާޅުވި އެވެ.
Hiyaa flat thakuge construction cost aa hurihaa finishing cost akaa ekkoh adhi financing cost ves himanaigen jehey varuge mahchah faidhaa himanaafa ves mahaku Rf5600, 20 aharah bahaalaigen flat libey faraathun dhekkumun dhekolhujeheythee egothah RY nimmevee. https://t.co/nn4lGfqm77
— Dr Mohamed Muizzu (@MMuizzu) June 7, 2020
ފްލެޓްތަކުގެ ކުއްޔަށް 11000 ރުފިޔާ ވަރު ދައްކަން ޖެހޭނެ ކަމަށް މިސަރުކާރުން ކުރިންވެސް ބުނެފައިވާއިރު އެޗްޑީސީން ބުނެފައި ވަނީ ހައުސިން ޔުނިޓަށް އިތުރަށް 42 މިލިއަން ޑޮލަރު (647.6 މިލިއަން ރުފިޔާ) ހަރަދު ކުރަން ޖެހިފައިވާ ކަމަށެވެ.
ހިޔާ މަޝްރޫއުގެ ދަށުން 25 ބުރީގެ 16 ޓަވަރުގައި 7،000 ހައުސިން ޔުނިޓް އެޅުމަށް ޖުމްލަ އަގުގެ ގޮތުގައި ކަނޑައަޅާފައި ވަނީ، 434 މިލިއަން ޑޮލަރު (6.6 ބިލިއަން ރުފިޔާ) އެވެ