English Edition
Dhivehi Edition

މިދިޔަ ހުކުރު ދުވަހުގެ ރޭ ޤާނޫނުއަސާސީ އިސްލާހުކުރަން ބޭއްވި މަޖިލީހުގެ ޖަލްސާގައި ހެލްތް ޕްރޮޓެކްޝަން (އެޗްޕީއޭ) ގެ އެންގުމާއި ޚިލާފްވި މެމްބަރުންގެ މައްޗަށް ދައުވާ ކުރަން ޖެހޭކަމަށް ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް ވިދާޅުވެއްޖެއެވެ.

ހައިލަމް ކުރެއްވި ޓްވީޓެއްގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް ޓެގްކުރައްވާ ވިދާޅުވީ އެޗްޕީއޭގެ އެންގުމާއި ޚިލާފަށް މަގުމަތީގައި އުޅޭ މީހުންނަށް ޕީޖީއިން ދައުވާ ކުރާ އުސޫލުން އެންގުމާއި ހިލާފްވި މެމްބަރުންނަށްވެސް ދައުވާކުރަންޖެހޭ ކަމަށެވެ. ” މެންބަރުންގެ މައްޗަށްވެސް އަޤޫބާތުގެ 533 ވަނަ މާއްދާގެ ދަށުން ޤާނޫނު ހިންގުމަށް ހުރަސްއެޅި ކުށުގެ ދައުވާ ކުރަންޖެހޭ” ހައިލަމްގެ ޓުވިޓްގައި ވިދާޅުވިއެވެ.

ކައުންސިލަރުންނަށް އިންތިހާބެއް ބޭއްވެންދެން އެ މަގާމުގައި ތިބެވޭނެ ގޮތް ހެދުމަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ބޭއްވި ޖަލްސާއަކީ ގާނޫނާއި ހިލާފަށް ބާއްވާ ޖަލްސާއެއް ކަމަށް ވިދާޅުވެ އިދިކޮޅު މައި ޕާޓީ ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާ މެމްބަރު އަހްމަދު ޝިޔާމް ވާހަކަދައްކަވަން ފެއްޓެވުމުން، ރިޔާސަތުން ނަން އިއްވުމުންވެސް ޝިޔާމް ބޭރަށް ނިކުމެވަޑައިނުގެން، ތަޅުމުގައި މަޑުކުރެއްވުމުން އެމްޑީޕީގެ ގިނަ މެމްބަރުންތަކެއް އޭނާ ނެރުމަށް މަސައްކަތްކޮށްފައިވާއިރު މެމްބަރުންވަނީ އެޗްޕީއޭ އިން އެންގި އެންގުންތަކާއި ހިލާފުވެފައެވެ.

މި ކަމާއި ގުޅިގެން ސޯޝަލް މީޑިއާގައި ވެސް މެމްބަރުންނަށް ގިނަ ފާޑުކިޔުންތަކެއްވަނީ އަމާޒުވެފައެވެ.