ކައުންސިލަރުންގެ ދައުރު ދަމާލުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ކުރުމަކީ ޤާނޫނު އަސާސީ އާއި މެދު ކުރި ޓެސްޓެއް ކަމަށާއި، ޤާނޫނު އަސާސީއަށް ބޮޑެތި ބަދަތަކެއް ގެނައުން ކުރިއަށް އޮތީ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޑރ. ޝަހީމް މިހެން ވިދާޅުވީ މިހާރު ތިބި ކައުންސިލަރުންގެ ދައުރު ހަމަވިއިރުވެސް، އާ ކައުންސިލަރުން އިންތިހާބު ކުރެވިފައިނުވާތީ، އިންތިހާބެއް ބާއްވައި ކައުންސިލަރުން މަގާމާ ހަވާލުވަންދެން މިހާރު ތިބި ކައުންސިރުން މަގާމުތަކުގައި ތިބޭގޮތަށް، ގާނޫނުއަސާސީއަށް ގެނައި އިސްލާހާއި ގުޅިގެންނެވެ.
ޑރ.ޝަހީމް މިއަދު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި ޤާނޫން އަސާސީ އަށް ބޮޑެތި ބަދަލުތަކެއް ގެނައުމުގެ މަސައްކަތްކުރާނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. ” އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ގާނޫނު އަސާސީ އާއި “ކުޅެލަން” އެކުރީ ޓެސްޓެއް.”ޑރ.ޝަހީމް ވިދާޅުވިއެވެ.
އިތުރަށް ޑރ.ޝަހީމް ވިދާޅުވީ މިކަމަށް ވަރަށް ހުށިޔާރުވާންޖެހޭ ކަމަށާއިހާއްސަކޮށް ޤާނޫނު އަސާސީގައި ހުރި އިސްލާމީ އުސޫލުތަކާއި މެދު ސަމާލުވުމަކީ މުހިންމު ކަމެއް ކަމަށެވެ.
Alhugandah Qaboolu kurevey gothugai QA asaasee aa kulhelan reyga ekuree test eh. Kuriyah oy thanugai bodethi badhalu thakeh QA ah genaumah masakkay kuraanekamah belevey! Mikama varah bodah hushiyaaruvaan jehey! Khaassa koh QA ga huri islami usoolthakaa medhu samaaluvun muhimmu!
— Mohamed Shaheem Ali Saeed (@Mohamedshaheem1) June 2, 2020
ގާނޫނު އަސާސީއަށް ގެންނަން ފާސްކުރި އިސްލާހުގައި ކައުންސިލަރުންގެ ދައުރު ދަންމާލާފައިވަނީ، ގާނޫނުއަސާސީގެ 231 ވަނަ މާއްދާއަށް ދެ އަަކުރެއް އިތުރުކޮށްގެންނެވެ. މި ދެ އަކުރު ވެސް އިތުރުކޮށްފައިވަނީ ކައުންސިލްތަކުގައި ހިމެނޭނީ ދާއިރާގެ ރައްޔިތުން އިންތިހާބުކުރާ މެންބަރުން ކަމަށް ބުނެފައިވާ އެ މާއްދާގެ (ނ) އަށް އިސްތިސްނާއެއްދޭ މާއްދާއެއްގެ ގޮތުގައެވެ.