އަރަބިއްޔާ ސްކޫލްގެ ދަރިވަރުންނާ މެދު މި ސަރުކާރުން ތަފާތު ކުރުންތައް ގެންގުޅޭކަމަށް ދޭހަވާފަދަ ގޮތަކަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ޓުވިޓްކުރައްވައިފިއެވެ،
ޑރ.ޝަހީމް ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ދަރުމަވަންތަ ސްކޫލް “ބޮލަށް ވެއްޓޭތީ” ކުރު މުއްދަތެއްގެ ތެރޭގައި ވަގުތީ ސްކޫލެއް ހަދައި އެ ތަނަށް ދަރިވަރުން ބަދަލު ކުރި ކަމަށެވެ.އަދި ވަގުތުން ބަޖެޓް ހަމަޖެއްސުމަށް ފަހު، ދާއިމީ ސްކޫލެއްގެ މަސައްކަތް ފަށައިގެން މިހާރު ނިމެމުންދާކަމަށް ޑރ.ޝަހީމް ވިދާޅުވިއެވެ،ނަމަވެސް، އަރަބިއްޔާ ސްކޫލްގެ އިމާރާތް ވެސް ހަލާކުވެ ބޭނުން ނުކުރެވޭ ހިސާބަށް ދިއުމުންވެސް އެ ކަން އެ ގޮތަށް އަމަލު ނުކުރި ސަބަބާއި ބެހޭ ގޮތުން ޑރ.ޝަހީމް ވަނީ ސުވާލު އުފައްދަވާފައެވެ.
ދަރުމަވަންތަ ސްކޫލް ބޮަލަށް ވެއްޓޭތީ ކުޑަ މުއްދަތެއްގައި ވަގުތީ ސްކޫލެއް ހަދައި އެތަނައް ދަރިވަރުން ބަދަލުކޮށް، ވަގުތުން ބަޖެޓް ހަމަ ޖައްސައި ދާއިމީ ސްކޫލެއް އަޅަން ފެށި. މިހާރު އެތަން ނިމެމުން އެދަނީ ވިލާ ކޮލެޖް ކުރިމަތީގަ.. ޢަރަބިއްޔާ ސްކޫލާމެދު ކީއްވެ އެހެން ނުހަދަންވީ؟ pic.twitter.com/giOAO5jeKy
— Mohamed Shaheem Ali Saeed (@Mohamedshaheem1) December 18, 2021
އަރަބިއްޔާ ސްކޫލްގެ އިމާރާތުގައި ދަރިވަރުން ކިޔަވަން ނުތިބެވޭ ވަރަށް ހަލާކުވުމުގެ ސަބަބުން ސަރުކާރުން ވަނީ ވަގުތީ ގޮތުން އެ ސްކޫލްގެ ދަރިވަރުން އިއްޒުއްދީން ސްކޫލަށް ބަދަލުކުރަން ނިންމާފައެވެ. ސަރުކާރުގެ މި ނިންމުމާއި ގުޅިގެން ބެލެނެވެރިން ހިތްހަމަނުޖެހުން ފާޅުކޮށްފައިވާއިރު، ބެލެނެވެރިންވަނީ ދަރުވަރުން އެހެން ސްކޫލަކަށް ނުފޮނުވާނެކަމަށް ބުނެފައެވެ،