English Edition
Dhivehi Edition

ލިވާތު ބާގައިގެ މީހުން ކިބައިން ރާއްޖެ ސަލާމަތް ކުރަން އަރަފާތު ބިމުގައި ދުއާކޮށް ދެއްވުމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު އެދިވަޑައިގެންފިއެވެ.

ދިވެހި ހައްޖާޖީންނަށް ބާއްޖެވެރި އަމާން ދަތުރަކަށް އެދެމުން ޝަހީމް ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ލިވާތު ބާގައިގެ މީހުންނާއި އެމީހުންނަށް އެހީވާ މީހުންގެ ކިބައިން މި ގައުމު ސަލާމަތްކޮށްދެއްވުން އެދި އަރަފާތު ދުވަހު ހުރިހާ ދިވެހި ހައްޖާޖީން ދުއާކޮށް ދިނުމަށް އެދިވަޑައިގަންނަވާކަމަށެވެ.

މީގެ އިތުރުން ޝަހީމް ވަނީ ހުރިހާ ހާޖާޖީންނަށް ވެސް އަމާން ދަތުރަކަށް އެދިވަޑައިގެންފައެވެ. “ހައްޖު ކޯޕަރޭޝަނުން ހާޖީންގެ ދަތުރުތައް ކުރާ މަންޒަރު ފެނުމުން ވަރަށް އުފާވޭ” ޝަހީމްގެ ޓުވިޓްގައި ވިދާޅުވިއެވެ.

މި އަހަރު ރާއްޖެއިން 453 މީހުން ހައްޖަށް ދިއުމަށް ހަމަޖެހިފައިވާއިރު ސައޫދީ އެއާލައިންސުން ރޭ ވަނީ 157 ހައްޖާޖީން ފުރާފައެވެ.