English Edition
Dhivehi Edition

އާރކް އެއިޑްގެ ފަރާތުން ޚާއްޞާ އެހީތެރިކަމާއި އަޅާލުން ބޭނުންވާ ޢާއިލާތަކަށް ކާބޯތަކެތީގެ އެހީ ފޯރުކޮށްދިނުމަށް ބޭނުންވާތީ، މިފަދަ ފަރާތްތަކުގެ މަޢުލޫމާތު ހިއްސާކޮށްދެއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އެދިވަޑައިގެންފިއެވެ.

ޙާއްޞަ އެހީއަށް ބޭނުންވާ ކުދިންނާއި ބެލެނިވެރިން، އެކަނިވެރިމައިން އަދި ކޮވިޑްގެ ސަބަބުން ވަޒީފާ ގެއްލިފައިވާ ފަރާތްތަކުގެ ތެރެއިން އެހީ އެދޭ ފަރާތްތަކުން 04 ޖޫން 2020 ވާ ބުރާސްފަތި ދުވަހުގެ 11:00 ގެ ކުރިން އެ އޮފީހުގެ ނަންބަރު 6885753 ގުޅުއްވައި މަޢުލޫމާތު ޙިއްސާކޮށް ރަޖިސްޓްރީ ވުމަށް ކައުންސިލުންވަނީ އެދިފައެވެ.

އެހީއަށް އެދޭ ފަރާތްތަކުން ފުރިހަމަ ކުރަންޖެހޭ މައުލޫމާތު ތަކުގެ ތެރޭގައި:

  • ފުރިހަމަނަން:
  • ދާއިމީ އެޑްރެސް:
  • މިހާރު ދިރިއުޅޭ އެޑްރެސް:
  • އައި.ޑީ.ކާޑު ނަންބަރު:
  • ދަރިން ތިބިނަމަ (ކުދިންގެ ފުރިހަމަ ނަން :އައި.ޑީ.ކާޑު ނަންބަރު، އުމުރު)
  • އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންގެ އެލަވަންސް ލިބޭފަރާތެއްތޯ؟
  • ޢާއިލާއާއި ގުޅޭނެ މޮބައިލް ނަންބަރު:

މީގެ އިތުރުންވެސް ކައުންސިލުންވަނީ ޚާއްޞަ ކާރިސާ އެއް ނުވަތަ ޙާލަތެއް ދިމާވެއްޖެނަމަ ޚާއްޞަ އެހީތެރިކަމާއި އަޅާލުން ބޭނުންވާ ޢާއިލާތަކުގެ މަޢުލޫމާތު، އެ ހާދިސާއެއް ހިނގާތާ ހަފްތާއެއްގެ ތެރޭގައި އެންގުމަށްވެސް އިލްތިމާޒްކޮށްފައެވެ.

ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ނޭދެވޭ އަސަރު ކޮށްފައިވާ ކުޑަކުދިންނާއި އާއިލާތަކަށް އެހީތެރި ވެދޭން “އާކް އެއިޑް” ގެ ނަމުގައި ހާއްސަ ޕްްރޮގްރާމެއް ފަށާފައިވާ އާކް އެއިޑްގެ ދަށުން ހަމަޖައްސައިދޭ ކާބޯތަކެތީގެ ތެރޭގައި ހަނޑުލާއި ފުށާއި މުގާއި ކިރާއި މަސް ދަޅާއި ބިހުގެ އިތުރުން ބައެއް ބާވަތްތަކުގެ ތަރުކާރީ ދަޅުތައްވެސް ހިމެނެ އެވެ.