އިދިކޮޅުން ބަރުލަމާނީ ނިޒާމެއް ގެނައުމަށް މަޝްވަރާކުރަނީ ނޫންކަމާއި އިދިކޮޅުގެ ‘ފޯކަސް’އަކީ ހަމައެކަނި ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް މިނިވަން ކުރުން ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރ އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ދުވަހު ނޫހެއްގައި ލިޔެފައިވާ ހަބަރެއް ޝެއާރ ކުރަމުން އާދަމް ޝަރީފް ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ “ސަރުކާރަށް ގޮށް ނުވީމާއި ކުރަން ހުރި ކަންކަން އަޅުގަނޑަށް ފެންނަ ގޮތަކަށް ދަންނަވާލީ ކަމަށެވެ”.
Sarukaarah goiy nuveemaa kuran huri kankan alhugandah fenna gothah dhannavaalee. Idhikolhun barulamaanee nizaamakah thaaeedhu kuran mashvaraa kureekee noon. Alhugandu focus othee hamaekani RY minivan kurumah. https://t.co/1QDrUCe33t
— Adam Shareef Umar (@Adamshareefz) May 26, 2020
ރާއްޖޭގައި ފުރަބަންދުގެ ހާލަތު އިއުލާނުކޮށްފައި ވަނިކޮށް، މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދު ނިންމެވުމާއި ގުޅިގެން ބައެއް މެމްބަރުންގެ ހިޔާލު ތަފާތުވުންތައް އުފެދި ބޮޑު ބަހުސަކަށް ގޮސްފައިވާ މި ދަނޑިވަޅު އާދަމް ޝަރީފް ވިދާޅުވީ ސަރުކާރު ބަލިކަށިވެ އަދި އެންމެ ފަހުން ސަރުކާރު ބައިބައިވެއްޖެކަމަށެވެ. އަދި މިހާރު ރައްޔިތުންގެ އިތުބާރު ސަރުކާރަށް ނެތްކަމަށާއި ދެން އޮތީ ދެ ގޮތް ކަމަށެވެ. “މިޑް ޓާމް އިލެކްޝަނެއް ބޭއްވުން. ނުވަތަ ޕާޓީ ބަދަލުނުކުރެވޭ ގޮތަށް ގާނޫން ބަދަލުކޮށް ބަރުލަމާނީ ނިޒާމަކަށް ރިފެރެންޑަމް” އަކަށް ދިއުން ކަމަށެވެ.
Sarukaaru balikashive adhi emme fahun, sarukaaru baibai vejje. Rayyithunge ithubaareh mihaaraku neiy. Dhen othee dhe gotheh:
1. Mid-term election ah dhiun nuvatha,
2. Party badhalu nukurevey gothah qaanoon badhalukoh, parliamentary nizaamakah, referendum akah dhiun.— Adam Shareef Umar (@Adamshareefz) May 25, 2020