English Edition
Dhivehi Edition
އިލެކްޝަންސް ކޮމިޝަން

ނިޒާމީ ވޯޓު ނެގުމަށް އިލެކްޝަންސް ކޮމިޝަނުން ތައްޔާރު ކަމަށާ އޮކްޓޫބަރު 29 ވަނަ ދުވަހު ނިޒާމީ ވޯޓު ނެގުމަށް އިލެކްޝަންސް ކޮމިޝަންގެ ތެރޭގައި މަޝްވަރާ ކުރެވިފައި އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީީގު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ވެރިކަންކުރާ ނިޒާމެއް ކަނޑައެޅުމަށްޓަކައި ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ހުށަހެޅުއްވި ގަރާރު މަޖިލީހުން ފާސްކުރީ މިދިޔަ ބުދަ ދުވަހުގައެވެ.އެ ގަރާރު މިދިޔަ ބުރާސްފަތި ދުވަހު އިލެކްޝަންސް ކޮމިޝަނަށް ލިބިފައިވާއިރު އެ ކޮމިޝަނުން ބުނީ އެކަމާ މެދު ކޮމިޝަނުން އަމަލުކުރާނެ ގޮތުގެ ލަފަޔަކަށް މަޖިލީހުގައި އެދިފައިވާނެކަމަށެވެ.

މީގެ އިތުރުން ފުއާދު ތައުފީގު ވިދާޅުވީ ބަޖެޓް ލިބިއްޖެނަމަ ރިޔާސީ އިންތިހާބު ނިމޭގޮތަށް ނިޒާމީ ވޯޓަށް ހޭލުންތެރިކުރުމުގެ މަސައްކަތް އީސީން ފަށާނެ ކަމަށެވެ. އަދި ނިޒާމީ ވޯޓު ނެގުމުގައި އީސީއަށް ކުރެވެން އޮތް އެންމެ ފުޅާމިނުގައި ހޭލުންތެރި ކުރުމުގެ މަސައްކަތް ކުރާނެ ކަމަށްވެސް ފުއާދު ވިދާޅުވިއެވެ.

ނިޒާމާ ވޯޓާ ގުޅޭ މަސައްކަތް މިހާރުވެސް މަސައްކަތްތައް ކުރިއަށް ދާ ކަން ފާހަގަކުރައްވަމުން ފުވާދު ތައުފީގު ވިދާޅުވީ ނިޒާމީ ވޯޓު ނެގުމަށް ބޭނުންވާ ގަވައިދު އެކުލަވާލުމުގެ މަސައްކަތް އިއްޔެ ފަށާފައިވާ ކަމަށެވެ.