Pakistan ge flight vettunee engine fail vegen - AO News Pakistan ge flight vettunee engine fail vegen

ކޮވިޑް 19ކަވަރޭޖް

6,852,818CONFIRMED
3,352,066RECOVERED
3,102,470ACTIVE
398,282DEATHS
1883CONFIRMED
717RECOVERED
1157ACTIVE
7DEATHS
ޕާކިސްތާނުގެ ފްލައިޓް ވެއްޓުނީ އިންޖީނު ފެއިލްވެގެން
2 ހަފްތާ ކުރިން

އިއްޔެ  ޕާކިސްތާނުގެ ކަރާޗީގެ އާންމުން ދިރިއުޅޭ ސަރަޙައްދަށް ވެއްޓުނު ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިންސް (ޕީއައިއޭ) ގެ ފްލައިޓް ވެއްޓިފައިވަނީ ދެ އިންޖީނުވެސް ފެއިލްވުމުން ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

Advt

Advertisement

ޕާކިސްތާނުގެ މީޑިއާތަކުން ބުނީ، ޕާކިސްތާނުގެ ގައުމީ އެއާލައިން، ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިންސް (ޕީއައިއޭ)ގެ ފްލައިޓް ޕީކޭ-8303 ފްލައިޓް ވެއްޓުނީ 99 ފަސެންޖަރުންނާއި އަށް ކްރޫއިންނާ އެކު ޕާކިސްތާނުގެ ލާހޯރުން ކަރާޗީއަށް ދަތުރު ކުރަމުން ދަނިކޮށްކަމަށެވެ.

ފްލައިޓް ރެކޯޑިންތައް މޮނީޓާކުރާ ވެބްސައިޓަކުން ފްލައިޓް ވެއްޓުނު ގޮތާއި ބެހޭ ގޮތުން ބުނީ މި ފްލައިޓް ވެއްޓިފައި ވަނީ ކަރާޗީގެ ޖިނާހް އިންޓަނޭޝަނަލް އެއާޕޯޓައް ޖެއްސުމަށް ފުރަތަމަ މަސައްކަތް ކުރުމުން އެކަން ކާމިޔާބު ނުވެގެން ދެވަނަ ފަހަރަށް ޖައްސަން އުޅުމުގެ ތެރޭގައިކަމަށެވެ. އެ ވެބްސައިޓުން އާންމުކޮށްފައިވާ ބަޔާނުގައި ބުނެފައިވަނީ ފްލައިޓަށް ޓެކްނިކަލް މައްސަލައެއް ދިމާވުމުން ފްލައިޓު އަނބުރާލުމަށްފަހު ޕައިލެޓް އެކަން ކޮންޓްރޯލް ޓަވަރާއި ޙިއްސާކުރުމުން ކޮންޓްރޯލް ޓަވަރުންވަނީ ޖިނާހް އިންޓަނޭޝަނަލް އެއާޕޯޓުގެ ދެ ރަންވޭއިން ކުރެ ކޮންމެވެސް އެއް ރަންވޭއެއްގައި ފްލައިޓް ޖެއްސުމުގެ ހުއްދަ ދީފައިކަމަށެވެ. އަދި މި ފްލައިޓް  ދެވަނަ ފަހަރަށް ރަންވޭއަށް ޖެއްސުމަށް މަސައްކަތް ކުރަމުން ދަނިކޮށް ފްލައިޓުގެ ދެ އިންޖީނުވެސް ފެއިލްވެއްޖެ ކަމަށް ޕައިލެޓް އަންގާފައިވާ ކަމަށް މި ރިޕޯޓްގައި ވަނީ ބުނެފައެވެ.

ސޯޝަލް މީޑިއާގައި ފްލައިޓް ވެއްޓުނު ސަރަހައްދުގެ ވީޑިއޯ އަދި ފޮޓޯ އާންމުވެފައިވާއިރު އެ ސަރަހައްދުގައި ވަރަށް ގަދައަށް އަލިފާން ހިފައި ދުން އަރަމުންދާތަން ވީޑިއޯތަކުން ފެނެ އެވެ. ޕާކިސްތާނަކީ ވައިގެ ދަތުރުފަތުރުގެ ކަންކަމުގައި އާދައިގެ މިންވަރެއްގެ ސަލާމަތީ ރެކޯޑެއް އޮންނަ ގައުމެކެވެ.މީގެކުރީން، 2016 ވަނަ އަހަރުގައި ވެސް ޕާކިސްތާނުގެ ގައުމީ އެއާލައިނުގެ ބޯޓެއްގެ އިންޖީނަށް ދިމާވި މައްސަލައެއްގެ ސަބަބުން އެ ގައުމުގެ އުތުރު ސަރަހައްދެއްކަމަށްވާ ޗިތްރަލް އަށް ވަނީ ވެއްޓިފައެވެ. މި ހާދިސާގައި 47 މީހަކު ވަނީ މަރުވެފައެވެ.