English Edition
Dhivehi Edition

އެކަނި ހުންނަން ޖެހުނަސް ގައުމަށްޓަކައި ހަނގުރާމަ ކުރާނެކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރުކަމުން ދުރުކޮށްފައިވާ އިމްރާން ޚާން ވިދާޅުވެއްޖެއެވެ.

އިމްރާން ޚާން މަގާމުން ދުރުކޮށްފައިވަނީ ރޭ އެ ގަައުމުގެ ގާނޫނު ހަދާ މަޖިލީހުގައި ނެގުނު އިތުބާރު ނެތް ކަމުގެ ވޯޓް ފާސް ކޮށްގެންނެވެ. ރޭ ބޭއްވި ވޯޓުގައި 342 މެންބަރުންގެ ތެރެއިން 174 މެންބަރުން ވަނީ އިމްރާންގެ އިތުބާރު ނެތް ކަމަށް ވޯޓް ދެއްވާފައެވެ.

އިތުބާރު ނެތް ކަމުގެ ވޯޓް ނަގާ މަގާމުން ދުރުކުރެއްވުމުގެ ކުރީން އިމްރާން ޚާން ވަނީ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅު ދޫކުރައްވާ ވަޑައިގެންފައެވެ.

މަގާމުން ދުރުކުރުމަށް މަސައްކަތް ކުރި ބޭފުޅުންނަކީ ބޭރު ގައުމެއްގެ ނުފޫޒުގައި ޖެހިފައިވާ ބޭފުޅުންތަކެއްކަމަށް ސިފަކުރައްވާ އިމްރާން ޚާން ވިދާޅުވީ އެއީ ގައުމަށް ވަފާތެރި ބައެއް ނޫންކަމަށެވެ. ޕާކިސްތާންގެ ދާހިލީ ކަންކަމަށް ނުފޫޒު ފޯރުވަނީ އެމެރިކާ އަޑީގައި އޮވެގެންކަމަށް ތުހުމަތުކުރައްވާ އިމްރާން ޚާން ވިދާޅުވީ ޕާކިސްތާނަށް ގެއްލުމެއް ނުދޭނެކަމަށާއި އެކަނި ހުންނަން ޖެހުނަސް ގައުމަށްޓަކައި ހަނގުރާމަ ކުރައްވާނެކަމަށެވެ.

މީގެ އިތުރުން އިމްރާން ޚާން ވިދާޅުވީ ކުރިން ވެސް ބަލި ގަބޫލު ނުކުރައްވާ ކަަމަށާއި ދެންވެސް ބަލި ގަބޫލުނުކުރައްވާނެކަމަށެވެ.