100 ah vure gina meehunnaai eku dhathuru kuri Pakistan ge qaumee airline ge boat eh vettijje - AO News 100 ah vure gina meehunnaai eku dhathuru kuri Pakistan ge qaumee airline ge boat eh vettijje

ކޮވިޑް 19ކަވަރޭޖް

6,852,818CONFIRMED
3,352,066RECOVERED
3,102,470ACTIVE
398,282DEATHS
1883CONFIRMED
717RECOVERED
1157ACTIVE
7DEATHS
ސަތޭކަ އަށްވުރެ ގިނަ މީހުންނާއެކު ދަތުރުކުރި ޕާކިސްތާނުގެ ބޯޓެއް ވެއްޓިއްޖެ
2 ހަފްތާ ކުރިން

ސަތޭކަ އަށް ވުރެ ގިނަ މީހުންނާއެކު ދަތުރުކުރި ޕާކިސްތާނުގެ ގައުމީ އެއާލައިނުގެ މަތިންްދާ ބޯޓެއް ކަރާޗީގެ އާއްމުން ދިރިއުޅޭ އިމާރާތްތަކެއްގެ މައްޗަށް މިއަދު ވެއްޓިއްޖެއެވެ.

Advt

Advertisement

އެގޮތުން، ވެއްޓުނު އެއާބަސް އޭ320 ގެ ބޯޓު ލާހޯރުން ކަރާޗީ އަށް ދަތުރުކުރިއިރު، އޭގައި ތިބީ 99 ފަސިންޖަރުންނާއި، އަށް ފަޅުވެރިންކަމަށް ޕާކިސްތާނުގެ އޭވިއޭޝަން މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

“ބޯޓު ވެއްޓުނުއިރު އޭގައި ދަތުރުކުރަމުންދިޔައީ ކިތައް މީހުންތޯ ޔަގީންކުރަމުން މިދަނީ. ބެލެވޭގޮތުގައި ބޯޓުގައި ތިބީ 99 ޕަސިންޖަރުންނާއި އަށް ފަޅުވެރިން،” ޕާކިސްތާނުގެ އޭވިއޭޝަން އޮތޯރިޓީގެ ސްޕޯކްސްމަން އަބްދުއް ސައްތާރު ޚޯޚަރު ވިދާޅުވި އެވެ.

ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިންގެ މި ބޯޓު ވެއްޓުނު ހާދިސާގައި މިހާތަނަށް އައިއިރު އޭގެއިން ދަތުރުކުރި އެއްވެސް މީހަކު ސަލާމަތްވިކަމެއް، ނުވަތަ ނޫންކަން ޔަގީންކޮށްދީފައެއްނުވެއެވެ. އެހެންނަމަވެސް، އެ ބޯޓު ވެއްޓުނު ފަހުން، އޭގެއިން ދަތުރުކުރި ކަމަށް ބުނާ ފަސިންޖަރަކު އޭނާގެ އާއިލާގެ މީހަކާ ފޯނުން ވާހަކަ ދައްކާފައިވާ ކަމަށް ބައެއް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މި ހާދިސާ އާއި ގުޅިގެން، އަނިޔާ ލިބޭ ފަރާތްތަކަށް ފަރުވާ ދިނުމަށްޓަކައި އެ ގައުމުގެ 22 މިލިއަން މީހުން ދިރިއުޅޭ ދެކުނު ސަރަހައްދުގެ ހޮސްޕިޓަލްތައް އެލާޓަށް ގެނެސްފައިވާކަމަށް ވެސް ޕާކިސްތާނުގެ ހެލްތު އޮފިޝަލަކު ވަނީ މައުލޫމާތުދީފައެވެ.

މީގެކުރީން، 2016 ވަނަ އަހަރުގައި ވެސް ޕާކިސްތާނުގެ ގައުމީ އެއާލައިނުގެ ބޯޓެއްގެ އިންޖީނަށް ދިމާވި މައްސަލައެއްގެ ސަބަބުން އެ ގައުމުގެ އުތުރު ސަރަހައްދެއްކަމަށްވާ ޗިތްރަލް އަށް ވަނީ ވެއްޓިފައެވެ. މި ހާދިސާގައި 47 މީހަކު ވަނީ މަރުވެފައެވެ.