English Edition
Dhivehi Edition
މީގެ ކުރިން ވައިގެ މަގުން އެތެރެކުރަން އުޅެނިކޮށް އަތުލައިގަތް މަސްތުވާތަކެތި: ފޮޓޯ/ޕޮލިސް

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ޕާކިސްތާނުގެ ހަތަރު މީހުންގެ ހަށިގަނޑުން ޖުމްލަ 227 ބުލެޓުގެ މަސްތުވާތަކެތި ހޯދައިފިއެވެ.

މިދިޔަ މަހުގެ 31 ގައި ޕާކިސްތާނުގެ ހަތަރު މީހުން ހައްޔަރުކޮށްފައިވަނީ ރާއްޖެއަށް އައިއިރު، ހަރަކާތްތައް ހުރި ގޮތުން ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ޝައްކުކުރެވިގެންނެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ތިން ފިރިހެނުންނާއި އަންހެނެކެވެ.

އެ ހަތަރު މީހުން ދޫނިދޫ މެޑިކަލް ކްލިނިކަށް ގެންގޮސް ފުލުހުން ވަނީ އެމީހުން ބޮޑުކަމު ދިޔަ ތަކެތީގެ ތެރެއިން ޖުމްލަ ބަރުދަނުގައި 2.9 ކިލޯގެ 227 ބުލެޓު މަސްތުވާތަކެތި ހޯދާފައެވެ.

ހަށިގަނޑުގައި ހުރި މަސްތުވާތަކެތި ހުސްކޮށް ކްލިނިކުން ދޫކޮށްލުމަށްފަހު އެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން 30 ވަނީ ދުވަސް ޖަހާފައެވެ. އެމީހުން ބަންދުކުރުމަށް ނެރުނު ކޯޓު އަމުރުގައި ބުނެފައިވަނީ މި މީހުން ހިންގާފައިވަނީ ޖަމާއަތް ހަދައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ނުވަތަ ޓްރެފިކް ކުރުމުގެ އަމަލެއް ކަމަށެވެ. އަދި މި ހަތަރު މީހުންވެސް ވަނީ ކުށަށް އިއުތިރާފު ވެފައެވެ