ރާއްޖެއިން މިހާތަނަށް 23 ފުލުހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
މިއަދު ކުރެއްވި ޓްވީޓެއްގައި ހަމީދު ވިދާޅުވީ އެ މުއައްސަސާއިން މިހާތަނަށް 23 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ ކަމަށާއި އެންމެންގެ ހާލުވެސް ރަނގަޅު ކަމަށެވެ. ފުލުހުންގެ މެދުގައި އިތުރަށް ބަލި ފެތުރިޔަނުދިނުމަށް ވަރުގަދަ ފިޔަވަޅުތައް އަޅަމުންދާކަން ފާހަގަކުރައްވަމުން ހަމީދު ވިދާޅުވީ ޕޮޒިޓިވްވި ފުލުހުންނާއި ގުޅުން ހުރި 293 މީހަކު އައިސޮލޭޝަންގައި އެބަ ތިބިކަމަށެވެ.
Understanding the tremendous challenge, we are taking enhanced measures to further mitigate the spread of #COVID19 in our spaces. It is essential to have our workforce not depleting too. Applaud the courageous and hard work of officers & staff in this whole of government effort.
— Mohamed Hameed (@M_Hameedh) May 17, 2020
ފުލުހުންގެ މުއައްސަސާގައި މަސައްކަތް ކުރާ މީހުންގެ އަދަދު ސީޕީ ހާމަކުރެއްވި އިރު، ކޮވިޑް19 އަށް ޕޮޒިޓިވްވާ ސިފައިންނާ ފުލުހުންގެ އަދަދުތައް ވަކިވަކިން ހާމަނުކުރަން މީގެ ކުރިން ނޭޝަނަލަ އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީީއޯސީ)އިން ވަނީ ނިންމައިފައެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް 1078 މީހަކު ޕޮޒިޓިވްވެފައިވާއިރު 59 މީހަކުވަނީ ބަލިން އެއްކޮށް ރަނގަޅުވެފައެވެ