English Edition
Dhivehi Edition

ރަށްރަށުން، މާލެއަށް ހާދިޔާ ފޮށިގަނޑު(ކެއަރ ޕެކޭޖް) ފޮނުވުން ވަގުތީ ގޮތުން މަޑުޖައްސާލުމަށް ލޮކްޑައުން ކޮމިޓީއިން ނިންމައިފިއެވެ.

މިއަދު ލޯކަލް ގަވަރމަންޓް އެތޮރިޓީއިން ސިޓީ ކައުންސިލްތަކަށާއި ރަށު ކައުންސިލްތަކަށް ފޮނުވި ސިޓީގައި ބުނެފައިވަނީ މި މަހުގެ 15 އިން 31 އާ ދެމެދުގެ ދުވަސްތަކަކީ ރާއްޖެއަށް ކޮވިޑް-19ކޭސްތައް ‘ސާރޖް’އަށް ދާ ދުވަސްތަކެއް ކަމަށް ލަފާކުރެވޭކަމަށެވެ. އެހެންކަމުން ރައްޔިތުންގެ ސިއްހީ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެ މުއްދަތުގެ ތެރޭގައި ރަށްރަށުން، މާލެއަށް ހާދިޔާ ފޮށިގަނޑު ފޮނުވުން ވަގުތީގޮތުން މަޑުޖައްސާލުމަށް ލޮކްޑައުން ކޮމިޓީއިން ނިންމާފައިވާކަމަށެވެ.

ރާއްޖޭގައި ކޮވިޑް19 ފެތުރެން ފެށުމާއެކު އެތެރޭގެ އުދުހުންތައް ހުއްޓާލާފައިވާއިރު މާލޭގައި ދިރިއުޅޭ ފަރާތްތަތަކަށް ރަށްރަށުން ތަކެތި ފޮނުވުމަށްޓަކައި ހާއްސަ ކާގޯ ފްލައިޓްތަކެއް އަންނަނީ ބާއްވަމުންނެވެ.

މީގެ އިތުރުން އައްޑޫ ސިޓީ ކެނެރީފްގައި ކަރަންޓީންކޮށްފައިވާ ފަރާތްތަކަށް ކޮންމެ ބުރާސްފަތި ދުވަހަކު ކެއާރ ޕެކެޖް ފޮނުވުމުގެ އިންތިޒާމު، އައްޑޫ ސިޓީ ޓާސްކްފޯސް އިން ހަމަޖައްސާފައެވެ.