މަޖިލީހުގެ ކަންކަން ޤަވާއިދުން ކުރިއަށް ގެންދިއުމަށް ގޮވާލައި އިދިކޮޅު މެންބަރުން މަޖިލިސްކުރާގޭގައި ކުރި އިހްތިޖާޖަށް ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް ރީކޯ މޫސާ މަނިކު ފާޑުވިދާޅުވެއްޖެއެވެ.އިދިކޮޅު މެމްބަރުންނަށް ފާޑުވިދާޅުވަމުން ރީކޯ މޫސާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެންބަރުން ތިއްބެވީ މޮޔަވެފައިކަމުގައެވެ.
ރީކޯގެ ވާހަކައަށް ރައްދު ދެއްވަމުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަޚްލޫފް ވިދާޅުވީ އިދިކޮޅު މެންބަރުން ތިބީ މޮޔަވެފަ ކަމަށެވެ. އަދި މޮޔަވެފަ ތިބީ މަޖިލީހުގެ ކަންކަން ޤަވާއިދުން ކުރިއަށް ނުގެންދާތީ ކަމަށާއި މަޖިލީހުގެ ކަންކަން ޤަވާއިދުން ކުރިއަށް ނުގެންދާނަމަ މޮޔަވާނެ ކަމަށެވެ. މީގެ އިތުރުން އިދިކޮޅު މެމްބަރުން ވިދާޅުވީ މަޖިލީހުގެ ނައިބް ރައީސް ކަމުގެ މަޤާމުގައި ހުންނަވާ ބޭފުޅެއްގެ ކެތްތެރިކަން ކޮޅުންލާނަމަ މައްސަލަތައް ހައްލުވުމުގެ ބަދަލުގައި ވާނީ ހޫނުކަމަށެވެ