English Edition
Dhivehi Edition

ކ.އަތޮޅު ކާށިދޫ އަށް އަރައި ފޭބުން މަނާކޮށް އެރަށް މޮނީޓަރިންގެ ހާލަތަށް ގެންގޮސްފިއެވެ،

އެޗްޕީއޭއިން ބުނީ ކޯވިޑް19 ބައްޔަށް ޕޮޒިޓިވް ވި ދިވެއްސެއްގެ ޑައިރެކްޓް ކޮންޓެކްޓް އެއް ދާދިފަހުން ކ. ކާށިދޫއަށް ދަތުރުކޮށްފައިވާތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ރަށް ވަނީ “މޮނިޓަރިންގ” ހާލަތަކަށް ގެނެވިފައިކަމަށާއި މި ދަނޑިވަޅުގައި އެ ރަށުން އަރައިފޭބުން މަނާކޮށްފައިވާ ކަމަށެވެ.

އެޗްޕީއޭ އިން ކާށިދޫ ކައުންސިލަށް ފޮނުވި ލިޔުމުގައި އެރަށް ކަރަންޓީނު ކުރެވޭ ސަބަބެއް ކަމަށް ބުނެފައި ވަނީ ކޮވިޑް-19 އާއި ގުޅިގެން ޞިއްޙީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށްކަމަށެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވި ދިވެއްސަކު މިއަދު މާލެއިން ފެނިފައިވާއިރު ސަރުކާރުން އަންނަނީ މިކަމާއި ގުޅިގެން ވަރުގަދަ ފިޔަވަޅުތައް އަޅަމުންނެވެ. މި ގޮތުން ކުރިއަށް އޮތް 24 ގަޑިއިރަށް މާލެ، ވިލިމާލެ، ހުޅުމާލެ ލޮކްޑައުން ކުރުމަށް ސަރުކާރުންވަނީ ނިންމާފައެވެ.