English Edition
Dhivehi Edition

އައްޑޫ ސިޓީ ހުޅުމީދޫ ބަހާއުއުްދީން މަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

ރޭ ދަންވަރު ހިނގި މި އެކްސިޑެންޓްގައި ހުޅުދޫ ޒުވާނަކަށް ބޮޑެތި އަނިޔާތައް ލިބިފައިވާއިރު ‘އޭއޯ ނިއުސް’ އަށް މައުލޫމާތު ލިބިފައިވާ ގޮތުން މިހާރު އޭނާއަށް ފަރުވާދެމުންދަނީ އައްޑޫ އިކްޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައެވެ.އަދި އިތުރު ފަރުވާއަށް މާލެ ފޮނުވާލުމަށް މަސައްކަތްކުރަމުންދާކަމުގެ މައުލޫމާތުވަނީ ލިބިފައެވެ.

Advt

Advertisement

މިހާރު އަލަށް ތާރުއެޅުމުގެ މަސައްކަތްކުރަމުންދާ މި މަގުގައި އެކްސިޑެންޓް ހިނގާފައިވަނީ ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުކުރެވި ގޮސް މަގު ބަންދުކުރުމަށް ޖަހާފައިވާ ބެރިކޭޑްގައި ސައިކަލް ޖެހިގެންނެވެ.