English Edition
Dhivehi Edition

ކޯވިޑް19އިން ރައްކާތެރިވުމަށް އެޅި ވަރުގަދަ ފިޔަވަޅުތަކުގެ ތެރޭގައި ރާއްޖޭގައި ހެދި ކަރަންޓީނު ފެސިލިޓީތަކަކީ މުޅި ދުނިޔޭގެ ލޯ އެތަންތަނަށް ހުއްޓުނު ހިތްގައިމު ކަރަންޓީނު ފެސިލިޓީތަކެވެ.

އެންމެ 10 ދުވަހުގެ ތެރޭގައި މާލެ އަތޮޅު ވިލިވަރުގައި ހެދި ކަރަންޓީނު ފެސިލިޓީއަކީ ދުނިޔޭގައި މިހާތަނަށް ހެދި އެންމެ ހިތްގައިމު ކަރަންޓީން ފެސިލިޓީިކަމުގައި ޗައިނާގެ ޚަބަރު ފަތުރާ މީޑިއާއެއްކަމަށްވާ “ސައުތު ޗައިނާ މޯނިންގ ޕޯސްޓް ނިއުސް” އިންވެސް ބުނެފައިވާއިރު މި ތަނުގެ އިތުރުން ރާއްޖޭގެ ހިތްގައިމު ރިސޯޓްތައްވެސް އަންނަނީ ކަރަންޓީން ފެސްލިޓީގެ ގޮތުގައި ބޭނުންކުރަމުންނެވެ.

ވައިގެ މަގުން ދިވެހިރާއްޖެއަށް އަންނަ މީހުންގެ ތެރެއިން ރިސޯޓުތަކަށް އަންނަ ފަތުރުވެރިން ފިޔަވަައި، އެހެން ހުރިހާ މީހުން ސަރުކާރުން ކަނޑައަޅާ ތަނެއްގައި 14 ދުވަސް ވަންދެން ކަރަންޓީން ކުރަން އެޗްޕީއޭއިން ނިންމުމާއެކު ރާއްޖެއިން ބޭރުން އަންނަ ދިވެހިން ކަރަންޓީންކުރަން ފެށީ މި ހިތްގައިމު ކަރަންޓީން ފެސްލިޓީތަކުގައެވެ. ބައެއް މީހުންނަށް މިކަން ބޮޑު މައްސަލައަކަށްވީ އިރު ގިނަ މީހުން ހިތްހަމަޖައްސާލީ ކަރަންޓީން ރޫމްތަކުގެ ހިތްގައުމުކަމުގެ ސަބަބުންނެވެ.

އެހެންނަމަވެސް މި ކަރަންޓީން ރޫމްތަކުގައި 14 ދުވަސް ހޭދަކޮށްފައިދާ ބައެއް މީހުންގެ އަމަލުތަކުގެ ސަބަބުން އަނެއްކާވެސް މި ވަނީ އިތުރު މައްސަލައެއް ފެންމަތިވެފައެވެ. ޓުވިޓާގައި މިހާރު ދައުރުވަމުންދާ ވީޑިއޯ އިން ފެންނަމުންދަނީ ކަރަންޓީންކޮށްފައިވާ ކޮޓަރި ދޫކޮށް ދިވެއްސަކު ދިޔައިރު އޭނާގެ ކޮޓަރީގެ ހާލަތެވެ. ގިނަ އަދަދެއްގެ ޕްލާސްޓިކް ކޮޓަރިތެރޭގައި ބޭނުންކޮށްފައިވާއިރު މުޅި ކޮޓަރިތެރެއިންވެސް ފެނިގެންދަނީ ‘ސާފުތާހިރުކަމެއް ނެތް ‘މަންޒަރެކެވެ.

މިފަދަ ބަލިމަޑުކަމެއް ފެތުރެމުންދާ ދުވަސްވަރެއްގައި ސާފުތާހިރުކަމަށް ހާއްސަ އިސްކަމެއް ދިނުމަށް ކަމާއި ބެހޭ ފަރާތްތަކުން ގޮވަމުންދާ އިރު މިކަމުގައި އާންމުންގެ އެހީތެރިކަމާއި އެއްބާރުލުންވެސް ނުހަނު ބޭނުންވާނެކަން ޔަގީނެވެ. ދިވެހިންނަކީ އަބަދުވެސް ސާފުތާހިރުކަމަށް ލޯބިކުރާ ބަޔަކަށްވީ ހިދު ދިވެހިންގެ ތެރެއިން ބައެއް މީހުން ކުރާ މިފަދަ ނޭދެވޭ އަމަލުތަކުގެ ސަބަބުން އެކަމުގެ ގެއްލުން އެހެން މީހުންނަށްވެސް ފޯރުމަކީ އެކަށީގެންވާ ކަމެކެވެ.އެހެންކަމުން އަބަދުވެސް ތިމާގެ ސިއްހަތާއި އަދި އެހެން މީހުންގެ ސިއްހަތާއި މެދު ވިސްނާ ތިމާ އުޅޭ މާހައުލު ސާފުކޮށް ބެލެހެއްޓުމަކީ ތިމާގެ އަމިއްލަ ޒިންމާއެއް ކަމުގައި ދެކުން ވަރަށް މުހިއްމެވެ. އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ފަރުދީ ޒިންމާ އަދާކުރަމާތޯއެވެ.

7 ކޮމެންޓް
ޕޭcho
އޭޕްރީލް 15, 2020
ތި ތަނުގަ މައްސަލައަކީ ކޮބާ؟އެމީހެއްގެ އަމިއްލަ ކަމެއްދޯ އެމީހާ އުޅޭތަން ތާހިރު ކުރުން އެއީ!!ތިއަސްލު ކޮންމެ އަކަސް ވަރަށް ދަށުދަރަޖައިގެ ކަމެއް އެތަނުން ޙިދުމަތް ހޯދާ ނިންމާފާ އެތަނުގެ ހުރި ކަޑަ ނަމުގެ ވާހަކަ!!
ޗާލީ 13
އޭޕްރީލް 12, 2020
ތީ މުޅައަކުން ދިވެހިންގެގެ މައްސަލައެއް ނޫން، ހުސް ބުޅިގައި ގަންނަ ކަނޑު މަހުގެ މައްސަލައެއް، ބުއްދި ނެތީމަ ތިހެން ވަނީ..
saal
އޭޕްރީލް 11, 2020
Dhivehin ge Gina meehun kiburuverikamun resort adhi guest house ge room ga enme dhuvahaku madukollaifiyyaa ethaneh hadi mududhaaru kollaa. Goiykudakamun. Saafukuran bayaku thibeythee heevanee Thimaa mee ingiyyakah alhu meehaku bahattaigen ulhey mahujaneh hen
resort boy
އޭޕްރީލް 11, 2020
resort muvahzafunnah 14 dhuvas hamavaane gotheh gunaakah neygun e resort thah karanteen fecility akah hadhaa ethanah myhun genes 14 dhuvas vegen fonuvaali iruves. saabahey heyoedhey sarukaaru.
resort boy
އޭޕްރީލް 11, 2020
karanteen fecilitygai thibi dhivehin ethanun dhookohli iru ethaa vazeefagai thibi resort muvazafun adhives thibebee dhevey goi nuvefaa
ރާއްޖެ މީހާ
އޭޕްރީލް 11, 2020
ބައެއް ދިވެހިންނަކީ ވަރަށް ގޮތެއް ފޮތެއް ނެތް ބައެއް!!! ހުތުރު ދޯ!!!
ހަސަން/އައްޑޫ
އޭޕްރީލް 11, 2020
ތި ވާނީ ފުރިހަމަ ވެފަހުރި ތަހްޒީބު، ފުދުންތެރި މީހަކަށް.