English Edition
Dhivehi Edition

ރަޝިޔާގެ ގައުމީ އެއާލައިން އެއަރޮފްލޮޓްއަށް ރަޝިޔާ ނޫން އެހެން ގައުމެއްގެ ބަޔަކު މި ދުވަސްކޮޅު ނާރުވަން ނިންމައި އެކަން އިއުލާންކޮށްފިއެވެ.

އެ ގައުމުން މި ގޮތަށް ނިންމާފައިވަނީ އިއްޔެ ރާއްޖެއިން ފުރި އެއަރޮފްލޮޓްގައި ދަތުރުކުރި އިޓަލީގެ ދެ މީހަކު ކޮރޯނާވައިރަސްއަށް ޕޮޒިޓްވެ މޮސްކޯ އެއާޕޯޓްގައި އެ ފްލައިޓް ކަރަންޓީންކުރަން ޖެހުނު މައްސަލަ އާއި ގުޅިގެންނެވެ،

އިއްޔެ އެއަރޯފްލޮޓް އިން އިޓަލީއަށް ދިޔަ ދެ މީހުންނަކީ، އައިލެންޑް ސަފާރީ އިން މިމަހު 15 ވަނަ ދުވަހު ޕޮޒިޓިވްވި ފަތުރުވެރިންނާ އެއް ސަފަރީއެއްގައި ތިބި ދެ މީހުންނެވެ. އެޗްޕީއޭ އިން ވިދާޅުވީ އެމީހުން ފުރާފައިވަނީ ކަރަންޓީންގެ 14 ދުވަސް އިއްޔެ ހަމަވުމާ އެކު ކަރަންޓީންގައި ތިބި އިޓަލީގެ އިތުރު ބަޔަކު އެއަރޯފްލޮޓުން ފުރުމުގެ ފުރުސަތު ދިނުމުންކަމަށެވެ.

އެމީހުންގެ ޓެސްޓްގެ ނަތީޖާ ނުލިބެނީސް ފުރުވާލި މައްސަލައިގައި ގިނަ ބައެއްގެ ސުވާލުތައް ކުރިމަތިވެފައިވާއިރު ޑަައިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ ވިދާޅުވީ، މިކަމުން ކަންކަން އިތުރަށް ހަރުދަނާ ކުރަން ހުރިކަން ފާހަގަވެގެން ގޮސްފައިވާ ކަމަށެވެ. އަދި މިކަމުގެ ސަބަބަބުން އަމަލުކުރަމުން އަންނަ އުސޫލަށް ބަދަލެއް ގެންނަ ފެންނަ ނަމަ، އެކަން ކުރާނެ ކަމަށްވެސް މައުމޫނާ ވިދާޅުވި އެވެ،