ބަޔަކު ގެންގުޅެނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ހިޖާމާ ޖައްސަވަން އޮތް ފޮޓޯއެއްކަމަށް، ވިދާޅުވެފައި ނުވާނެކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
މަބްރޫކް މިހެން ވިދާޅުވީ، ރައީސް ހިޖާމާ ޖައްސަވަން އޮތް ފޮޓޯއެއް ކަމަށް މަބްރޫކް ވިދާޅުވިކަމަށް ދޭހަވާގޮތައް “މިހާރު” ނޫހުގެ ނަމުގައި ދައުރުވާ ސްކްރީން ޝޮޓާއި ގުޅޭ ގޮތުން ވާހަކަދައްކަމުންނެވެ،
މި ގޮތުން މަބްރޫކް ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ސްކްރީން ޝޮޓުން ފެންނަ ފަދަ ވާހަކައެއް އޭނާ ވިދާޅުވެފައި ނުވާނެކަމަށެވެ. އަދި ޚަބަރު ލިޔުނުކަމަށް، ސްކްރީން ޝޮޓުން ފެންނަ ނޫސްވެރިޔާ ވެސް އެއީ “މިހާރު” ނޫހުގައި ލިޔުނު ޚަބަރެއް ނޫންކަން ކަށަވަރު ކޮށްދޭކަމަށް މަބްރޫކް ވިދާޅުވިއެވެ.
❌ Complete Fabrication
1. No such statement was made
2. Journalist @MoosaRasheed_ , (to whom the photo attributes the supposed article) also confirmed that no such news was published on @Mihaarunews pic.twitter.com/3XoIPFyZcQ— Mabrook Azeez (@MvSpokesperson) August 3, 2022
މިހާރު ނޫހުގެ ހަބަރެއްކަމަށް ބުނެ، ދައުރުވަމުން ދަނީ ހަދާފައިވާ ފޭކް ސްކްރީން ޝޮޓެއްކަމަށް މައުލޫމާތު ލިބެއެވެ.