English Edition
Dhivehi Edition

ރީތި ބީޗް ރިސޯޓް ގައި މަސައްކަތްކުރާ ދެމީހެއްގެ ފަރާތުން ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތައް ފެނިގެން އެ ރިސޯޓު އަނެއްކާވެސް މޮނިޓަރިން ހާލަތަށް ގެންގޮސްފި އެވެ.

ކޮވިޑް-19 އާ ގުޅިގެން އެންމެ ފަހުގެ މައުލޫމާތު ދިނުމަށް މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އެ ރިސޯޓުން ދިވެއްސަކާއި ބިދޭސީއެއްގެ ފަރާތުން ކޮވިޑް-19 ގެ އަލާމަތްތަކެއް ފެނިގެން އެ ރިސޯޓު މޮނީޓަރިންގ ހާލަތަށް ގެންގޮސްފައިވާކަމަށެވެ. މީގެ އިތުރުން މަބްރޫކް ވިދާޅުވީ އެ ދެމީހުންގެ ސާމްޕަލް ނަގައި ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަމަށެވެ.

މިދިޔަ ހަފްތާގައިވެސް ރީތި ބީޗް މޮނިޓަރިންގެ ހާލަތަށް ގެނެގޮސް ކޯވިޑް19އަށް ޝައްކުކުރެވޭ އަލާމާތްތައް ފެނުނު ބިދޭސީއެއްގެ ސާމްޕަލް ނަގާ ޓެސްޓްކޮށްފައިވާއިރު އެމީހާވަނީ ބައްޔަށް ނެގެޓިވްވެފައެވެ.