English Edition
Dhivehi Edition

އައްޑޫސިޓީގެ މީދޫ ކުޅީގައި މިއަދު މެންދުރު ރޯވި އަލިފާންގަނޑު އަދިވެސް ނިއްވާނުލެވޭ ކަމަށް އެ ސަރަހައްދުގައި، އަލިފާން ނިއްވުމުގައި ހަރަކާތްތެރިވަމުންދާ ފަރާތްތަކުން ބުނެފިއެވެ. މިއަދި 11:30 ހާއިރު ރޯވި މި އަލިފާންގަނޑު ނިއްވުމަށް ޕޮލިހުންނާއި އެމްއެންޑީއެފް އަދި ރެޑްކްރެސެންޓް ހުޅުމީދޫ ޔުނިޓްއިން އަންނަނީ ހަރަކާތްތެރިވަމުންނެވެ.މި އަލިފާންގަނޑުގެ ސަބަބުން އެ ސަރަހައްދުން ބޮޑު ބައެއް އަނދާފައިވާއިރު އަލިފާންގަނޑު ވަނީ ވަރަށް ބޮޑަށް ފެތުރިފައެވެ.

އެސަރަހައްދުގައި ރޯވީ ކަމެއް ނުވަތަ ބަޔަކު ރޯކޮށްލީ ކަމެއްވެސް އަދި އެނގިފައެއް ނުވެއެވެ.

މީދޫ ކުޅި ސަރަހައްދަކީ އާންމުކޮށް އަލިފާނުގެ ހާދިސާ ހިނގާ ސަރަހެއްދެއް ނަމަވެސް އެ ރަށުގައި ފަޔާރ ސްޓޭޝަންގެ ހިދުމަތް އަދި ފެށިފައި ނެތުމުގެ ސަބަބުން ލިބޭ ގެއްލުން ބޮޑުކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. މި ގޮތުން ހިތަދޫ އިން އަލިފާން ނިއްވުމަށް ބޭނުންވާ ސާމާނާއެކު އަލިފާން ނިއްވާ މީހުން އައުމަށް ނަގާވަގުތުގައި އަލިފާންގަނޑު ބޮޑުވެ ކޮންޓްރޯލްކުރުމުގައި ދަތިތަކެއް ކުރިމަތިވާކަމަށް ގިނަ ބަޔަކުވަނީ ބުނެފައެވެ.