English Edition
Dhivehi Edition
ކުރިން ހިނގި އަލިފާނުގެ ޙާދިސާގައި އަލިފާން ނިއްވުމަށް ސިފައިން ޙަރަކާތްތެރިވަނީ/ފޮޓޯ އެމްއެންޑީއެފް

ހ. ސަންގުރޭޒް ގޭގައި އަލިފާން ރޯވީ އަވަނެއް އޯވާ ހީޓް ވެގެން ކަމަށާއި އެ ހާދިސާއާއި ގުޅިގެން ތިން މީހަކަށް ފަރުވާ ދެމުންދާ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

އެމްއެންޑީއެފް އިން ބުނީ ސަންގުރޭޒް ގޭގެ ފުރަތަމަ ފަންގިފިލާފައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވަނީ މިއަދު އިރުއޮއްސި 6:06 ހާއިރުކަމަށެވެ،މި ހާދިސާ ހިނގަން މެދުވެރިވީ އެ އިމާރާތުގައި ހުރި އަވަނެއް އޯވާ ހިޓްވުމުގެ ސަބަބުން ކަމަށާ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުންގެ މަސައްކަތުން، 18:23 ހާއިރު ވަނީ އަލިފާން ކޮންޓްރޯލްކޮށްފައިވާކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.

މި އަލިފާނުގެ ހާދިސާގައި ބިދޭސީއެއްގެ ފައި ފިހިފައިވާއިރު އުމުރުން ދުވަސްވީ ދެ ދިވެއްސަކަށް ދުމުގެ އަސަރުކުރުމުގެ ސަބަބުން އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުންދާކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.

އެމްއެންޑީއެފް އިން ބުނީ ރޯވެފައި ވަނީ ބިދޭސީން ދިރިއުޅޭ ތަނެއްގައި ކަމަށެވެ.