English Edition
Dhivehi Edition

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިިއުލާންކޮށް، ރިސޯޓުތަކުން މީހުން ދިރިއުޅޭ ރަށްރަށަށް އެރުން މަނާކޮށްފައި ވަނިކޮށް، ރިސޯޓަކުން ފިލައިގެން ފުވައްމުލަކު ސިޓީއަށް ދިޔަ ދެ ދިވެހިން ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 30 އަހަރުގެ ދިވެހި ފިރިހެނަކާއި 29 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރިސޯޓުގައި ދިރިއުޅޭ ދެ މުއައްޒަފަކު ރިސޯޓުން ފުރުން މަނާކޮށްފައިވަނިކޮށް ފިލައިގެން، މި މަހުގެ 19 ވަނަ ދުވަހު އަމިއްލައަށް ދަތުރު ހަމަޖައްސައިގެން މާލެ ގޮސްފައިވާކަމަށެވެ. އަދި މި ދެމީހުން އެރޭ ފުލައިޓް އިން ފުވައްމުލައް ސިޓީއަށް ދިއުމާއެކު އެ ސިޓީ އިން ހުއްޓުވައި، ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން މި މައްސަލަ އިތުރަށް ތަހުޤީގުކަރަމުން އަންނަ ކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ.

މިދިޔަ ހަފްތާތެރޭ އައްޑޫގައި ހިންގަމުން އަންނަ ސައުތް ޕާމް ރިސޯޓުން ފާތާފައި އައްޑޫސިޓީ މީދޫއަށް އެރި އެ ރިސޯޓުގެ މުވައްޒަފަކުވެސް ވަނީ ހައްޔަރުކޮށް އޭނާގެ ބަންދުގެ މުއްދަތަށް 15 ދުވަސް ޖަހާފައެވެ.

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ރިސޯޓްތަކުން ރަށްރަށަށް ދިއުންވަނީ މަނާކޮށްފައެވެ.