English Edition
Dhivehi Edition

އިތުރު އެއް ހަފްތާއަށް ސްކޫލްތައް ހުޅުވުން ފަސްކޮށްފައިވާކަން ސަރުކާރުން ހާމަކޮށްފިއެވެ.

ސްކޫލުތައް އިތުރު އެއް ހަފްތާއަށް ބަންދުކޮށްފައިވާކަން އަންގާފައިވަނީ މިހާރު ދަރުބާރުގޭގައި ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ. ދުނިޔޭގެ އެކި ގައުމުތަކުގައި ފެތުރެމުންދާ ކޮވިޑް-19 ބަލީގެ 13 މީހަކު މިހާތަނަށް ރައްޖެއިން ފެނިފައިވާއިރު ފުރަތަމަ ޓާމްގެ ބަންދަށް ފަހު، މީގެ ކުރިންވެސް ސަރުކާރުންވަނީ އެއް ހަފްތާގެ މުއްދަތަށް ސްކޫލްތައް ބަންދުކޮށްފައެވެ.
އެޑިއުކޭޝަން މިނިސްޓްރީންވެސް ވަނީ ކޮވިޑް-19 އާއި ގުޅިގެން ސްކޫލްތައް އަލުން ހުޅުވޭ ފަދަ މާހައުލެއް ނެތް ނަމަ، އޮންލައިންކޮށް ކިޔަވައި ދިނުމަށް ތައްޔާރުވާން ފަށާފައެވެ. އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ ވިދާޅުވީ ސްކޫލްތަކުގެ ކިޔެވުން މި ދުވަސްވަރު ބަންދު ކުރި ނަމަވެސް ކިޔެވުން މެދުކަނޑާނުލާ ކުރިއަށް ގެންދެވޭނެ ގޮތަކާ މެދުގައި މަޝްވަރާ ކުރަމުންދާ ކަމަށެވެ. މި ގޮތުން ރޭޑިއޯ އާއި އޮންލައިން ވަސީލަތްތައް ބޭނުންކޮށްގެން ވެސް ދަރިވަރުންނަށް ކިޔަވައިދޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ 13 މީހަކު ފެނިފައިވާއިރު މި އެންމެންނަކީވެސް ބިދޭސީންނެވެ. އަދި މި ބަލި އިތުރަށް ފެތުރިޔަ ނުދިނުމަށް ސަރުކާރުން ގިނަ ފިޔަވަޅުތަކެއްވަނީ އަޅާފައެެވެ.