English Edition
Dhivehi Edition

އިޓަލީ އިން ރާއްޖެ އަށް ދަތުރުކުރި ދިވެއްސަކު ކޮވިޑް19 އަށް މޮނިޓާ ކުރުމަށް އެކަހެރިކޮށްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ދުނިޔޭގެ އެތައް ޤައުމެއްގައި ހަލުވި ކަމާއެކު ފެތުރެމުން އަންނަ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް 19 ޖެހިގެން އިޓަލީގެ 107 މީހަކު ވަނީ މަރުވެފައެވެ. އިޓަލީއަކީ ޗައިނާ ފިޔަވައި މިވައިރަސް އެންމެ ހަލުވި ކޮށް ފެތުރެމުންދާ ޤައުމެވެ.

ކޮރޯނާ ވައިރަސް އާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ތަކަށް ބަލާއިރު ފަލަސްތީންގެ ބައިތުއްލަޙަމް އިން ވައިރަހަށް ޝައްކު ކުރެވޭ މީހަކު ފެނުމާއި ގުޅިގެން އެސަރަޙައްދުގައި ހުރި އަޅުކަންކުރާ ހުރިހާ ފައްޅިތަކާއި މިސްކިތްތައް ސަރުކާރުން ވަނީ ބަންދުކޮށްފައެވެ.

ޖަރުމަނުގެ ސިއްޙަތާބެހޭ އިދާރާއިން ނެރުނު ތަފާސް ހިސާބުގައިވާ ގޮތުން އެޤައުމުގެ 349 މީހަކަށް ވައިރަސްގެ އަސްރުކޮށްފައިވެއެވެ.

އިއްޔެ އެކަނި އެޤައުމުގައި 109 މީހަކު ބައްޔަށް ޕޮޒިޓިވް ވެފައި ވެއެވެ. އިރާނުން ރިޕޯޓް ކުރާ ގޮތުގައި 3515 މީހުންނަށް ކޮރޯނާ ވައިރަސް ޖެހިގެން ފަރުވާ ހޯދަމުން ދާއިރު 107 މީހުން ވަނީ މި ބަލީގައި މަރުވެފައެވެ.

ފެތުރެމުން މިދާ ނުރައްކާތެރި ބައްޔާގުޅިގެން ދުނިޔޭގެ މަޝްހޫރު އައުޓްލެޓެއް ކަމަށްވާ ސްޓާބަކް އިންވަނީ ޑިސްޕޯސަބްލް ތަށީގައި ބުއިންތައް ވިއްކަން ފަށާފައެވެ. މިއީ ވެސް ރައްކާތެރިކަމުގެ ގޮތުން އެޅި ފިޔަވަޅެއްކަމަށް އެއައުޓްލެޓުން އިޢުލާން ކޮށްފައިވެއެވެ.

ހުޅަނގުގެ ޤައުމު ތަކުގެ ތެރެއިން އެންމެ ފުރަތަމަ މިބައްޔަށް ޕްޒިޓިވް ވެފައިވާކަން ފާހަގަ ވެފައިވަނީ ޖަރުމަން ވިލާތުގެ 33 އަހަރުގެ ވިޔަފާރި ވެރިއަކަށެވެ.

ޑަބްލިއު އެޗްއޯއިން ވަނީ ވައިރަސް ފެނުނު ފަހުން މިވީ ކުރު މުއްދަތުގެ ތެރޭ ކޮވިޑް 19 އާއި ބެހޭ މުހިއްމު މަޢުލޫމާތު ތަކެއް އެއްކުރެވިއްޖެ ކަން ފާހަގަކޮށްފައެވެ.

މުޅި ދުނިޔޭގައި ކޮރޯނާވައިރަސް ޖެހިފައިވާ މީހުންގެ އަދަދު 95,000 އަށް ވުރެ އިތުރުވެފައިވާ އިރު، އޭގެ ތެރެއިން 3,287 މީހަކު ވަނީ މިބަލީގައި މަރުވެފަ އެވެ.