މިދިޔަ އަހަރު ފަހުކޮޅު ޗައިނާގެ ވުހާން ސިޓީއިން ފެނުނު ކޮރޯނާވައިރަސް(ކޮވިޑް-19) ހަލުވިކަމާއެކު ފެތުރެމުންދާތީ މާދަމާ އީރާނުގެ އެއްވެސް ހިސާބެއްގައި ހުކުރު ނަމާދު ނުކުރަން އެ ގައުމުގެ ސަރުކާރުން ނިންމައިފިއެވެ.
އީރާނުގެ އެއްވެސް ހިސާބެއްގައި މާދަމާ ހުކުރު ނަމާދު ނުކުރުމަށް ސަރުކަރުން އެންގީ، ފާއިތުވެ ދިޔަ 24 ގަޑިއިރު ތެރޭގައި އެ ގައުމުގައި 150 މީހަކު ކޮވިޑް19އަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ.
އީރާނުގެ ނައިބް ރައީސް ފޯ ވުމެންޑް އެންޑް ފެމެލީ އެެފެއާޒް މަސޫމޭ އެބްޓެކަރް، ކޮވިޑް 19 އަށް ޕޮޒިޓިވްވެފައިވާއިރު ރާނިއަން ޕާލިމެންޓް ނޭޝަނަލް ސެކިއުރިޓީ އެންޑް ފޮރިން އެފެއާސް ކޮމެޓީ މުތްޖަބާ ޒޮލްނޫރްވެސް ވަނީ ކޮވިޑް19އަށް ޕޮޒިޓްވެފައެވެ. އިރާނުން ކޮވިޑް19 ޖެހިގެން މަރުވި މީހުންގެ ޖުމްލަ އަދަދު 26 އަށް އަރާފައިވާއިރު އެ ގައުމުގެ 245 މީހަކު ވަނީ މި ވައިރަހަށް ޕޮޒިޓިވްވެފައެވެ.
ދުނިޔޭގައި ކޮންޓްރޯލެއް ނެތި ފެތުރެމުންދާ މި ވައިރަހުގެ ސަބަބުން ދުނިޔެ އަށް ބޮޑު ބަލި މަޑުކަމެއް ކުރިމަތިވެ ގައުމުތަކުގެ އިގްތިސޯދު ފުޑިގެންދާނެކަމަށް ގިނަ ބަޔަކު ބުނަމުން އަންނައިރު މި ވައިރަހަށް އެކަށީގެންވާ ރަގަޅު ވެކްސިނެއް ހޯދުމަށް ސައިންސްވެރިން އަންނަނީ ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ.