English Edition
Dhivehi Edition

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީ ޓިކެޓްގައި ވާދަކުރައްވާ އައްޑޫ ކެންޑިޑޭޓުން މިއަދު އިލެކްޝަން ކޮމިޝަނަށް ފޯމު ހުށަހަޅައިފިއެވެ.

އައްޑޫ ސިޓީގެ ކެންޑިޑޭޓުން މިއަދު ފޯމު ހުށަހަޅާފައިވާއިރު މި އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ފޯމުތަކާއި ހަވާލުވެ ވަޑައިގެންނެވީ އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ގެ އިތުރުން އެ ކޮމިޝަންގެ މެމްބަރުންނެވެ.

މިއަދު ފޯމު ހުށަހަޅުއްވާފައިވާ އެމްޑީޕީގެ މެމްބަރުންގެ ތެރޭގައި އައްޑޫ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ އަލީ ނިޒާރު ގެ އިތުރުން ހުޅުދޫ ދާއިރާއަށް ވާދަކުރައްވާ ހުސައިން ފައިޒުއް ރަހްމާން، މީދޫ ދާއިރާއަށް ވާދަކުރައްވާ އައިޝަތު ޝޫޒާ، މަރަދޫ ދާއިރާއަށް ވާދަކުރައްވާ ހާލިދާ މުހައްމަދުގެ އިތުރުން ފޭދޫ ދާއިރާގެ ކެންޑިޑޭޓް އިބްރާހީމް ޝިޔާޒު ރަހާއާއި އިބްރާހިމް މަސްއޫދު އަދި މަރަދޫ ދާއިރާގެ ކެންޑިޑޭޓް ނިޝާންވަނީ ފޯމު ހަށަހަޅުއްވާފައެވެ. މީގެ އިތުރުން ހިތަދޫ އެމްޑީޕީ ޓިކެޓް ކާމިޔާބުކޮށްފައިވާ ޖަމްޝީދާ މުހައްމަދު، ހުސައިން ޒަރީރު، މުހައްމަދު ޝުއާއު، މަރިޔަމް ސައީދާ، އިބްރާހީމް ޝިނާޒް މޫސާގެ އިތުރުން އާމިނަތު ގުލްފިޝާމްވަނީ ފޯމު ހުށަހަޅާފައެވެ.

އައްޑޫ އެމްޑީޕީ މެމްބަރުންގެ ފޯމު އިލެކްޝަން ކޮމިޝަނަށް ހުށަހަޅާފައިވާއިރު މި ހަރަކާތުގައި އައްޑޫ ސިޓީ މޭޔަރ އަބްދުﷲ ސޯދިޤްގެ އިތުރުން އައްޑޫ ސިޓީގެ މަޖިލީސް މެމްބަރުން ވަނީ ބައިވެރިވެފައެވެ.