English Edition
Dhivehi Edition

ގދ. ފިޔޯރީ ކައުންސިލްގެ ފަސް ގޮނޑި ވެސް އަމިއްލަގޮތުން ވާދަކުރި ކެނޑިޑޭޓުން ކާމިޔާބުވެއްޖެއެވެ.

އިއްޔެ ކުރިއަށް ގެންދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ކުރިއަށް އޮތް ދައުރަށް ގދ. ފިޔޯރީ ރަށު ކައުންސިލްގެ ރައީސް ކަމުގެ އިތުރުން އަންހެނުންނަށް ޚާއްޞަކޮށްފައިވާ ދެ ގޮނޑި އާއި މެންބަރު ކަމުގެ ދެ ގޮނޑި ވެސް ކާމިޔާބުކޮށްފައި ވަނީ އަމިއްލަގޮތުން ވާދަކުރެއްވި ކެންޑިޑޭޓުންނެވެ.

ގދ. ފިޔޯރީ ކައުންސިލްގެ ރައީސް ކަމަށް ފައިޒަރު ރަޝީދު

ގދ. ފިޔޯރީ ކައުންސިލްގެ މެންބަރުކަމަށް:

  • އަޚްމަދު ޒިހާން
  • މުޙައްމަދު ޝަހުމަތު
  • އާމިނަތު އައިވީނާ
  • ފަސީލާ ރަޝީދު

މިވަގުތު އެރަށު ކައުންސިލުގައި ތިއްބެވި ތިން މެންބަރުންގެ ތެރެއިން ދެ މެންބަރުންނަކީ ވެސް އަމިއްލަގޮތުން ވާދަކޮށް އިންތިހާބުވި މެންބަރުންނެވެ. އަދި އަނެއް މެންބަރު ޖުމްހޫރީ ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި މި އިންތިހާބުގައި ވެސް ވާދަކުރެއްވި ނަމަވެސް ފިޔޯރީ ރައްޔިތުން ޕާޓީތަކުން ވާދަކުރެއްވި ކެނޑިޓޭޓުންނަށް ވަނީ ނޫނެކޭ ބުނެފައެވެ.

މި އިންތިޚާބުގައި ގދ. ފިޔޯރީގައި ވޯޓު ދިނުމުގެ ޙައްގު ލިބިގެންވާ މީހުންގެ އަދަދަކީ 1،056 އެވެ.

1 ކޮމެންޓް
ahmed
އޭޕްރީލް 12, 2021
kurin thibee amilla gothun vaadha koh hovifa huri 2 menbarunnae jumhooree party tiket kurimathi laagen hovifa huri mdnber