English Edition
Dhivehi Edition

އިއްުޔެ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި، އައްޑޫ ސިޓީ ފޭދޫ ދާއިރާގެ އެއް މަގާމަކަށް ވާދަކުރި ދެ ކެންޑިޑޭޓަކަށް އެއް ނަންބަރެއް ދީފައިވާ މައްސަލައެއް ފެންމަތިވެއްޖެއެވެ.

‘އޭއޯ ނިއުސް’ އަށް ވޯޓު ކަރުދާހުގެ ފޮޓޯއެއްވެސް ލިބިފައިވާއިރު، އެ ކަރުދާހުގައި އެމްޑީޕީގެ ފޭދޫ ދާއިރާގެ ސެކެރެޓަރީގެ މަގާމަށް ކުރިމަތިލި ދެ ކެންޑިޑޭޓުންގެ ނަންބަރަކަށްވެސް އޮތީ ‘1’ ކެވެ. މި ދާއިރާގެ ސެކެރެޓަރީކަމަށް ވާދަކޮށްފައިވަނީ ފާތިމަތު ފަހުމީ، ފަހި(ކެންޑީޑޭޓް ނަންބަރު 1) އަދި ރަހްމާ އަބްދުﷲ، ކީރަންމާގެ(ކެންޑިޑޭޓް ނަންބަރު02) ކެވެ.

ވޯޓު ކަރުދާހުގައި ދެ ކެންޑިޑޭޓުންނަށް އެއް ނަންބަރެއް އޮތުމުގެ ސަބަބުން ވޯޓުލާން ދިޔަ ދޮށީއުމުރުގެ މީހުންނަށް އޮޅުން އަރާފައިވާކަމަށް އެ ރަށުން ވާހަކަދެއްކި އެމްޑީޕީ މީހަކު ވަނީ ބުނެފައެވެ. އަދި މި މައްސަލަ މިހާރު އެމްޑީޕީގެ އިންތިހާބީ ކަންކަމާއި ބެހޭ ކޮމިޓީއަށްވެސް ހުށަހަޅާފައިވާއިރު، އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން މި މަގާމު ކާމިޔާބު ކުރީ ފާތިމަތު ފަހުމީ އެވެ.

ފާތިމަތު ފަހުމީގެ ކެމްޕެއިން ޓީމުން ކާމިޔާބީގެ އުފާ ފާޅުކުރަމުން އަންނައިރު ރަހުމާއަށް ތާއިދުކުރި މީހަކު ބުނީ މިއީ ބޮޑު އޮޅުވާލުމެއްކަމަށާއި، މިއީ ރަހުމާ އަށް އިންތިހާބު ކާމިޔާބުވިޔަ ނުދިނުމަށް ހިންގާފައިވާ އަމަލެއް ކަމަށެވެ. އަދި މި މައްސަލައިގައި ވަކި ގޮތެއް ނުނިމެނީސް އުފާފާޅުކުރުމަކީ، މިކަމަށް ލިބޭ އިތުރު ހެއްކެއްކަމަށް އޭނާ ވަނީ ބުނެފައެވެ.