English Edition
Dhivehi Edition

ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ ގދ. ހޯނޑެއްދޫ ކައުންސިލްގެ ފުރިހަމަ އަޣުލަބިއްޔަތު އެމް.ޑީ.ޕީ އިން ހޯދައިފިއެވެ.

އިއްޔެ ކުރިއަށް ގެންދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ކުރިއަށް އޮތް ދައުރަށް ގދ. ހޯނޑެއްދޫ ކައުންސިލްގެ ރައީސް ކަމުގެ އިތުރުން އަންހެނުންނަށް ޚާއްޞަކޮށްފައިވާ ދެ ގޮނޑި އާއި މެންބަރު ކަމުގެ ދެ ގޮނޑި ވެސް ކާމިޔާބުކޮށްފައި ވަނީ އެމް.ޑީ.ޕީ ޓިކެޓުގައި ވާދަކުރެއްވި ކެންޑިޑޭޓުންނެވެ.

ގދ. ހޯނޑެއްދޫ ކައުންސިލްގެ ރައީސް ކަމަށް ޙުސައިން ވާރިޝް (އެމްޑީޕީ)

ގދ. ހޯނޑެއްދޫ ކައުންސިލްގެ މެމްބަރުކަމަށް:

  • އަބްދުﷲ އަރީޝް (އެމްޑީޕީ)
  • އަޙުމަދު ޝިހާމް (އެމްޑީޕީ)
  • ޖުވައިރިއްޔާ އަޙްމަދު (އެމްޑީޕީ)
  • މަރިޔަމް ހަސަން ދީދީ (އެމްޑީޕީ)

މި އިންތިޚާބުގައި ގދ. ހޯނޑެއްދޫގައި ވޯޓު ދިނުމުގެ ޙައްގު ލިބިގެންވާ މީހުންގެ އަދަދަކީ 874 އެވެ.