English Edition
Dhivehi Edition
ވަން އޮންލައިން

ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އާއި ދެކޮޅަށް ޖިނާއީ ތަހުޤީގެއް ހިންގަން އުޅެނީ މާލޭގެ މޭޔަރު ކަމަށް ކުރިމަތިލަފާނެތީކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

ރައީސް އަބްދުﷲ ޔާމީން ސަރުކާރުގައި ހިންގި ހިޔާ މަޝްރޫއުގެ ދަށުން 7000 ފުލެޓްތައް ދިން ގޮތް ބެލުމަށް ޖިނާއީ ތަހުގީގެއް ހިންގަން ފުލުހުންނަށް ހުށަހެޅުމަށް މާލޭ ސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ.މީގެ އިތުރުން ހިޔާ މަޝްރޫއުގެ ފްލެޓު ދޫކޮށްފައި ވަނީ އޭގެ ހައްގުވެރިންނަށްތޯ ކަށަވަރު ކުރުމަށާއި އެ ފްލެޓުތަކުގެ ހައްގުވެރި ފަރާތްތަކަށް ލިބިދެވޭނޭ ގޮތެއް ހޯދުމަށް ސަރުކާރުން މިހާތަނަށްކޮށްފައި ހުރި މަސަައްކަތްތަކަކީ ކޮބައިކަން ބަލަންވެސް އެ ކައުންސިލުން ވަނީ ނިންމާފައެވެ.

ޑރ. މުއިއްޒު އާއި ކުރީ ސަރުކާރުގައި އެ މަސައްކަތުގައި އިސްކޮޅު އުޅުއްވި ބޭފުޅުން ހިޔާ ފްލެޓުތައް ދޫކުރުމުގެ މަސައްކަތް ކޮށްފައި ހުރި ގޮތާމެދު ޖިނާއީ ތަހުގީގެއް ހިންގަން ފުލުހުންނަށް ހުށަހެޅުމަށް އެ ކައުންސިލުން ނިންމާފައިވާއިރު މުއިއްޒު ވިދާޅުވީ މިކަމަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން މާލޭގެ މޭޔަރުކަމަށް އޭނާ ވާދަކޮށްފާނެކަމަށް ދެކިގެން އެކަމާއި ބިރުން ކުރަން އުޅޭކަމެއް ކަމަށެވެ.”އަޅުގަނޑު ހިތަށް އަރާ އަޅުގަނޑު މާލޭ މޭޔަރުކަމަށް ކުރިމަތިކުމަށް އިލެކްޝަންސްއަށް ފޯމު ލާފިއްޔާ އަދި ކިިހާވަރެއް ވާނެބާއޭ.އަޅުގަނޑުގެ މައްޗަށް ކިތަންމެ ބޮޑު ތުހުމަތުތަކެއް ކުރި ނަމަަވެސް، ދީނާ ގައުމުގެ ހައްގުގައި ކުރިއަށް ދިއުމުގެ ސާބިތުކަން ހުންނާނަން”މުއިއްޒު ވިދާޅުވިއެވެ.