English Edition
Dhivehi Edition
ޕީއެންސީ ކޮންގްރެސްގެ ތެރެއިން / ފޮޓޯ: ޕީއެންސީ

ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޒުވާން މެންބަރުންގެ މަޖިލީހަށް 7 މެންބަރަކު އިންތިޚާބުކޮށްފިއެވެ۔

ޕީއެންސީގެ މަތީ މަޖިލީހުގެ ދަންފަޅީގައި ކުރިއަށްދިޔަ މި އިންތިޚާބުގައި ޒުވާން މެންބަރުންގެ މަޖިލީހުގެ 7 ގޮނޑިއަށް 13 މީހަކު ވާދަކުރިއެވެ۔ ޖުމްލަ 1,094 މީހުން ވޯޓުލީ މި އިންތިޚާބުގައި ވޯޓުލުމަށް ދީފައިވަނީ 10 މިނެޓުގެ ވަގުތުކޮޅެކެވެ۔

އިންތިޚާބުވި މެންބަރުންނާއި ލިބުނު ވޯޓުގެ ތަފްސީލު:

  1. ސިމާނު ހާދީ: 881 ވޯޓު (އެންމެ ގިނަ ވޯޓު)
  2. އިބްރާހިމް އަޒްޔާން ނިމާލް: 857 ވޯޓު
  3. މަލްޝާ ޝަރީފް: 856 ވޯޓު
  4. މުހައްމަދު އަސީލް: 852 ވޯޓު
  5. ލުޖައިނު ﷲ ޒުހައިރު: 851 ވޯޓު
  6. އިސްމާއިލް ރިފާއު: 850 ވޯޓު
  7. ހައްމާދު ރަޝީދު: 849 ވޯޓު

ޕީއެންސީ ކޮންގްރެސްގެ ތެރެއިން އެތެރޭގެ އިންތިޚާބުތައް ކުރިއަށްދާއިރު، އެ ޕާޓީގެ މަތީ މަޖިލީހުގެ 49 މަގާމަކަށް މީހުން އައްޔަންކުރުމަށް ވަނީ ހަމަޖެހިފައެވެ۔ އަދި ޕާޓީގެ އަންހެން މެންބަރުންގެ މަޖިލީހަށް 10 ބޭފުޅަކު އިންތިޚާބުކޮށްފައިވާއިރު، ނައިބު ރައީސްކަމަށް 6 ބޭފުޅަކު ވަނީ އިންތިޚާބުވެވަޑައިގެންފައެވެ۔

ޓެގު