ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ނައިބު ރައީސުން ހޮވުމަށް ސޯޝަލް ސެންޓަރުގައި ބޭއްވި އިންތިޚާބުގައި، އެންމެ ގިނަ ވޯޓު ހޯއްދަވައިގެން ޔޫތު މިނިސްޓަރު އަބްދުﷲ ރާފިއުގެ އިތުރުން 5 ބޭފުޅަކު ނައިބު ރައީސްކަމަށް އިންތިޚާބުވެވަޑައިގެންފިއެވެ.
ޕާޓީގެ ނައިބު ރައީސްކަމުގެ 6 މަގާމަށް 8 ބޭފުޅަކު ވާދަކުރެއްވި މި އިންތިޚާބުގައި ޖުމްލަ 1,095 މަންދޫބުން ވަނީ ވޯޓުލާފައެވެ.
އިންތިހާބުވި 6 ބޭފުޅުންނާއި ލިބުނު ވޯޓުގެ ނަތީޖާ:
މި އިންތިޚާބުގައި ވާދަކުރައްވައި ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގަތީ އެލްޖީއޭގެ ސީއީއޯ މުޙައްމަދު ނިމާލް (301 ވޯޓު) އާއި މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު (288 ވޯޓު) އެވެ.
ކިއުއާރް ކޯޑު މެދުވެރިކޮށް ކުރިއަށްގެންދިޔަ މި ވޯޓާ ގުޅޭ އެއްވެސް ޝަކުވާއެއް އޮތްނަމަ މިއަދު މެންދުރުފަހު 2:00 ގެ ކުރިން ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
އިންތިޚާބީ ކޮމިޓީން މައުލޫމާތުދޭ ގޮތުގައި، ޝަކުވާތައް ބެލުމަށްފަހު މިއަދު ހަވީރު 6:00 ގެ ކުރިން ދާއިމީ ނަތީޖާ އިއުލާންކުރާނެއެވެ. އަދި އިންތިޚާބުވި ފަރާތްތަކާއެކު ޚާއްސަ ޖަލްސާއެއް މިރޭ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.