14 އަހަރުގެ ފިރިހެން ކުއްޖަކަށް އެކުއްޖާގެ މަންމަ ޖިންސީ ގޯނާކޮށްފައި ނުވާކަމަށް އެކުއްޖާ ބުނާ އޯޑިއޯއެއް ދައުރުވާން ފަށައިފިއެވެ.
ކުނުގެ ރަށެއްގައި ކުޑަ ފިރިހެން ކުއްޖަކަށް އޭނާގެ މަންމަ ޖިންސީ ގޯނާ ކުރާ މައްސަލައެއް ފެންމަތިވެ އެ މައްސަލަ މިހާރު އަންނަނީ ތަހުޤީގުކުރަމުންނެވެ.
އޯޑިއޯގައި ފިރިހެން ކުއްޖާ ބުނަނީ އެ ކުއްޖާގެ މަންމަ އެ ކުއްޖާއާއި ދިމާލަށް ނުބައި އެއްޗެހި ކިޔާތީ ރުޅިއައިސްގެން އެ ވާހަކަ އެ ކުއްޖާގެ ބައްޕަ ގާތުގައި ބުނިކަމަށެވެ. އަދި އެ މައްސަލަ އެ ކުއްޖާގެ ބައްޕަ ޖެއްސިކަމަށާއި އެހެންނަމަވެސް މައްސަލަ ތަހުޤީގު ކުރި ފަރާތުން އެ ކުއްޖާ ކައިރިން ގަދަކަމުުން، މަންމަ ޖިންސީ ގޯނާ ކުރާ ކަމަށް ބުނުވަން އުޅުނު ކަމަށެވެ. “އަހަރެން ބުނީ އަހަރެން ގައިގަ ބައްދާ ވާހަކަ. އަހަރެން ގައި މައްޗަށް ފައި ނަގާ ވާހަކަ އެކަނި. ނުބުނަމޭ ގައިގަ އަތްލާ ވާހަކައެއް. މަންމައެއް އަހަރެން ގައިގަ ތަނެއްގައި އަތެއް ނުލާ.އެމީހުން ބުނެފައި އޮތީ އަހަރެން ނުބުނާއެއްޗެއް.” އެ ކުއްޖާ ބުނެފައިވެއެވެ.
ކުޑަ ފިރިހެން ކުއްޖަކަށް މަންމަ ޖިންސީ ގޯނާކުރާ މައްސަލައެއް ފެންމަތިވެއްޖެ
މި އޯޑިއޯ އާއި ގުޅިގެން އަދި ކަމާއި ބެހޭ ފަރާތްތަކުގެ އެއްވެސް ބަހެއް ލިބިފައިނުވާއިރު މިހާރު ޖިންސީ ގޯނާ ލިބުނު ކަމަށް ބުނާ ކުއްޖާވަނީ ރައްކާތެރި މާހައުލަކަށް ބަދަލުކޮށްފައެވެ، ކުޑަފިރިހެން ކުއްޖަކަށް މަންމަ ޖިންސީ ގޯނާކުރާ މައްސަލައެއް މިމަހުގެ 02 ވަނަ ދުވަހު ޖެންޑާ މިނިސްޓްރީއަށް ހުށަހަޅާފައިވާއިރު، ޖިންސީ ގޯނާ ކުރި ކުއްޖާގެ އިތުރުން އެ އަންހެން މީހާގެ ދެ ކުދިން ތިބޭ އިރު، އެ ދެ ކުދިން ވެސް މިހާރުވަނީ ރައްކާތެރި މާހައުލަކަށް ބަދަލުކޮށްފައެވެ.