ދިވެހި ފުލުހުންގެ ޚިދުމަތުގެ ރަސްމީ ތަރުޖަމާނުގެ މަގާމަށް ބަދަލު ގެންނަވައި، އެ މަގާމަށް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޝިޔާމް ހަމަޖައްސަވައިފިއެވެ.
މިއަދުން ފެށިގެން އިންސްޕެކްޓަރ ޝިޔާމް މި މަގާމާ ހަވާލުވެވަޑައިގަތީ، ކުރިން ތަރުޖަމާނުގެ ގޮތުގައި މަސައްކަތްކުރެއްވި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އާރިފްގެ ބަދަލުގައެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި ބަދަލާއެކު ނޫސްވެރިންނާއި މީޑިއާތަކަށް މައުލޫމާތު ދިނުމުގެ އެންމެހައި ކަންކަމާއި، މުއައްސަސާގެ ފަރާތުން އާންމުން ހޭލުންތެރިކުރުވުމަށް ކުރިއަށްގެންދާ މުއާމަލާތްތަކުގައި އެންމެ އިސްކޮށް ދެން މަސައްކަތްކުރައްވާނީ އިންސްޕެކްޓަރ ޝިޔާމް ކަމަށެވެ.