English Edition
Dhivehi Edition

ދެކުނުގެ ރަށެއްގައި ކުޑަ ފިރިހެން ކުއްޖަކަށް އޭނާގެ މަންމަ ޖިންސީ ގޯނާ ކުރާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި 18 އަހަރުން ދަށުގެ ކުޑަފިރިހެން ކުއްޖަކަށް މަންމަ ޖިންސީ ގޯނާކުރާ މައްސަލައެއް މިމަހުގެ 02 ވަނަ ދުވަހު ޖެންޑާ މިނިސްޓްރީއަށް ވަނީ ހުށަހަޅާފައެވެ.މިމައްސަލަ ޖެންޑާއަށް ހުށަހެޅުމާ ގުޅިގެން މިހާރު ޖިންސީ ގޯނާ ލިބުނު ކުއްޖާ ރައްކާތެރި މާހައުލަކަށް ބަދަލުކޮށްފައިވާ އިރު މި މައްސަލަ ފުލުހުން ބަލަމުން އަންނަ ކަމުގެ މައުލޫމާތުވަނީ ލިބިފައެވެ. މިކަމާއި ގުޅިގެން މިނިސްޓްރީން އަދި ފުލުހުންގެ ބަހެއްވެސް ލިބިފައެއް ނުވާއިރު ޖިންސީ ގޯނާ ކުރި ކުއްޖާގެ އިތުރުން އެ އަންހެން މީހާގެ ދެ ކުދިން ތިބޭ ކަމަށާއި، އެ ދެ ކުދިން ވެސް ރައްކާތެރި މާހައުލަކަށް ބަދަލުކޮށްފައިވާ ކަމަށެވެ.

ފަހަކަށް އައިސް ރާއްޖޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަ އިތުރު ވެފައިވާއިރު މިއަދު ރައްޔިތުންގެ މަޖިލީހަށްވަނީ ޖިނާއީ އިޖުރާއަތުތަކުގެ ގާނޫނުގައި ބަޔާން ކުރާ ޖިނައީ ބޮޑެތި ކުށްތަކުގެ ތެރޭގައި ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ އަމަލު ހިމަނަން ހުށަހަޅާފައެވެ.