English Edition
Dhivehi Edition

ދިރިއުޅުމުގައި ހާސިލުކުރަން ބޭނުންވި ހުރިހާ ކަމެއް ހާސިލްކުރެވުނީ ވަރަށް މަސައްކަތުން ކަމަށް ކަންގްނާ ރަނައުތު ބުނެފިއެވެ.

އޭނާގެ ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެނިގެންދާނެ ފިލްމު ‘ސިމްރަން’ ގެ ޓްރެއިލާ ދައްކާލުމަށް ބޭއްވި ހަފްލާގައި ކަންގްނާ ބުނެފައިވަނީ އޭނާގެ ދިރިއުޅުމުގެ ދަތުރަކީ ވަރަށްތަފާތު ދަތުރެއް ކަމުގައެވެ. “އަހަރެންގެ ދިރިއުޅުމުގައި ކިތަންމެ ކުޑަ ކަމެއް ހާސިލްކުރަން މަސައްކަތްކުރިކަމުގައިވިޔަސް އެ ކަމަށްޓަަކައި ވަރަށް ގިނަ ކަންތައްތަކާއި ކުރިމަތިލާންޖެހުނު. އެހެންނަމަވެސް އަހަރެން ދުވަހަކުވެސް ހިތްވަރު ދުލެއް ނުކުރަން.” ކަންގްނާ ބުންޏެވެ. މީހުން އޭނާ އާއި ބެހޭ ގޮތުން ވަރަށް ފާޑުފާޑުގެ ވާހަކަ ދައްކާ ކަމަށާއި އެހެން ނަމަވެސް އޭނާގެ ހައްގެއް ކޮންމެ ގޮތަކަށް ހޯދުނު ކަމުގައި ވިޔަސް ހޯދާނެ ކަމަށް ކަންގްނާ ވަނީ ބުނެފައެވެ.

15 ސެޕްޓެމްބަރުގައި ރިލީޒްކުރަން ހަމަޖެހިފައިވާ ސިމްރަން ކުޅުމަށް ފުރަތަަމަ ކަންގްނާ ދެކޮޅު ހެދިކަމަށާއި އެކަމާއި ވަރަށް ދެރަވި ކަމަށް އެ ފިލްމުގެ ޑައިރެކްޓަރު ހަންސަލް މެހެތާ ވަނީ ބުނެފައެވެ.

ޓެގު