English Edition
Dhivehi Edition
ޚާރޖީ ވަޒީރު އަބްދުﷲ ޝާހިދު. ފޮޓޯ:ރާއްޖެއެމްވީ

މިއަހަރުގެ ފުރަތަމަ ދެ ހަފްތާތެރޭ ފޮރިން މިނިސްޓްރީއަށް ކަނޑައަޅާފައިވާ ބަޖެޓްގެ ތެރެއިން 39.6 މިލިއަން ރުފިޔާ ހަރަދުކޮށްފިއެވެ. މުޅި މިއަހަރަށް ދައުލަތުގެ ބަޖެޓުން ފޮރިން މިނިސްޓްރީއަށް ކަނޑައަޅާފައިވަނީ 331.7 މިލިއަން ރުފިޔާއެވެ.

ކޮންމެ ހަފްތާއަކު ފިނޭންސް މިނިސްޓްރީއިން އާންމު ކުރާ ދައުލަތުގެ މާލީ ހިސާބުތަކުން ދައްކާގޮތުން މިއަހަރުގެ ޖެނުއަރީ 1 އިން ފެށިގެން 16ގެ ނިޔަލަށް ފޮރިން މިނިސްޓްރީ އިން ވަނީ މިއަހަރަށް ކަނޑައަޅާފައިވާ ބަޖެޓުގެ 11 އިންސައްތަ ހަރަދުކޮށްފައެވެ.ފާއިތުވެ ދިޔަ 2019 ވަނަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ފޮރިން މިނިސްޓްރީއިން ހަރަދުކޮށްފައިވަނީ 10.7 މިލިއަން ރުފިޔާއެވެ. އެހެންކަމުން މިއީ ފާއިތުވެދިޔަ އަހަރާއި އަޅާބަލާއިރު 3 ގުނަ ބޮޑު އަދެދެކެވެ،

.މިދިޔަ އަހަރުގެ ދައުލަތުގެ ބަޖެޓުން ފޮރިން މިނިސްޓްރީއަށް ކަނޑައެޅި ފައިސާގެ ބޮޑުބައި އަހަރު ނުނިމެނީސް ވަނީ ހުސްވެފައެވެ.ފާއިތުވެދިޔަ އަހަރު ޑިސެމްބަރު މަހުގެ 5 ވަނަ ދުވަހާއި ހަމައަށް ފޮރިން މިނިސްޓްރީއިން ވަނީ 261.6 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ. މިއީ މިދިޔަ އަހަރަށް ފާސްކުރި ބަޖެޓަށްވުރެ 1.8 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

ފޮރިން މިނިސްޓްރީ އާއި ޝާހިދު ހަވާލުވެވަޑައިގެންނެވި ފަހުން އޭނާ ގެންދަވަނީ ބޭރުގެ ގައުމުތަކަށް ގިނަ އަދަދެއްގެ ދަތުރުތައް ކުރައްވަމުންނެވެ. މިކަމާއި ގުޅިގެން އެ މިނިސްޓްރީއަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވުމާއި ގުޅިގެން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވީ މިދިޔަ އަހަރު ފޮރިން މިނިސްޓްރީގެ ދަތުރުތަކުން ލިބުނު ނަތީޖާ ވަރަށް ކާމިޔާބު ކަމަށެވެ.