English Edition
Dhivehi Edition

ދައުރު ހަމަވުމުގެ ކުރިން ރައީސް ޔާމީން ވެރިކަމުން ދުރުކުރާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ކިތަންމެވަރަކަށް ވިދާޅުވިޔަސް އެކަންނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގައްދޫދާއިރާގެ މެންބަރު އަހުމަދު ރަޝީދު ވިދާޅުވެއްޖެއެވެ.

ޕީޕީއެމްއިން އައްޑޫސިޓީ ހިތަދޫގައި މިއަދު ހަވީރު ބޭއްވި އެއްވުމެއްގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ބޭނުންވެގެން އުޅެނީ ވެރިކަމުގެ ދައުރު ހަމަނުވަނީސް ރައީސް ޔާމީން ވެރިކަމުން ދުރުކުރުމަށް ކަމަށެވެ. “އެހެންނަމަވެސް މިދައުރު ހަމަވުމުގެ ކުރިން ލާހިކެއްނޫން ރައީސް މަގާމުން ދުރުކުރާކަށް. އެމަނިކުފާނާ އިންތިޚާބުގައި ވާދަކޮށް ބަލިކުރައްވާ،” ގައްދޫ ރަޝީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިއަދުގެ އެއްވުމަށް އެއްވެތިބި އެންމެންނަކީ ތަރައްގީއާ މެދު ވިސްނައި ތަރައްގީގެ އިހުސާސްހުރި މީހުން ކަމަށެވެ. ރައީސް ޔާމީން ގެންދަވަނީ ރާއްޖޭގެ އެތަންމިތާގައި ތަރައްގީގެ މަޝްރޫއުތައް ހިންގަވަމުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. “ތަރައްގީގެ މަޝްރޫއުތައް ގިނަވެ ރައީސް ކަމުގެ ގޮނޑި އިދިކޮޅު ފަރާތްތަކަށް ނުވެސްފެނިދާނެ،” ކަމަށް އޭނާ ވިދާޅުވިއެވެ.

މިއަދުގެ އެއްވުމުގައި ދެޖިންސުގެ ޒުވާނުންވަނީ ތަރައްގީއާމެދު އެމީހުން ދެކޭގޮތްތައް ފާޚުކޮށްފައެވެ.

ޓެގު