English Edition
Dhivehi Edition

ފުޅާ ދާއިރާއެއްގައި ހުޅުމާލޭގައި ޖިމްގެ ޚިދުމަތް ދެއްވަމުން އަންނަ ލެގަސީ ގެ އަންހެން ޖިމުން، ހުޅުމާލޭގައި ދިރިއުޅުއްވާ ކަނބަލުންނަށް ޚާއްޞަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

އަންހެނުންނަށް ޚާއްޞަކޮށްގެން ލެގަސީ ގްރައުންޑް އޭރިޔާގައި މިއަހަރު މާރޗް މަހުގައި ފެށި ޖިމުން ކުރިއަށް ގެންދާ މި ޕްރޮމޯޝަން ކުރިއަށް ދާނީ އޮގަސްޓް މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ. ލެގަސީއިން ބުނީ މި ތާރީޚުގެ ކުރިން ޖިމްގެ މެމްބަރަކަށް ވާން ބޭނުން އަންހެން ބޭފުޅުންނަށް ޕްރޮމޯޝަނުގެ ދަށުން ހެޔޮ އަގުގައި މެމްބަރޝިޕް ލިބިގެން ދާނެކަމަށެވެ.

އަންހެނުންނަށް ޚާއްޞަ ކޮށްގެން ހިންގަމުން އަންނަ ޖިމްގެ ބޭނުމަކީ ލެގަސީ ފެމިލީއާ ގުޅިގެން ކަސްރަތު ކުރުމުގެ ޝައުގުވެރިކަން ހުންނަ އަންހެން ބޭފުޅުންނަށް ޚާއްސަ އަގެއްގައި ފުރިހަމަ ސިއްޙަތަކާއެކު ރީތި ހަށިގަނޑެއްގެ ގެ ވެރިއެއްގެ ގޮތުގައި ހުރުމަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ލެގަސީއިން ބުނެއެވެ.

މި ތަނުގެ ޚާއްޞަ ޚިދުމަތް ތަކުގެ ތެރޭގައި، މިޖިމަކީ ހަމަ އެކަނި އަންހެނުންނަށް ވަދެ ނުކުމެވޭހެން ވަކިން ވަކި އޭރިޔާއެއްގައި ހިންގަމުންދާ ތަނަކަށް ވުމާއި އަދި ތަނުގައި މަސައްކަތް ކުރާ ގާބިލް އަންހެން ޓްރެއިނަރުން ފާހަގަކޮށްލެވެއެވެ. މިއާއެކު ޕާރސަނަލް ޓްރެއިނާއެއްގެ ޚިދުމަތް ބޭނުންފުޅުވާނަމަ އެ ޚިދުމަތްވެސް ލިބިގެންދެއެވެ. އަދި އެފަދަ ޚިދުމަތެއް ނުލާ ކަސްރަތު ކުރަން ބޭނުންވާނަމަ އެފުރުސަތުވެސް ލިބިގެންދެއެވެ.

“ދަންނަވާލަން ބޭނުންވަނީ އަޅުގަނޑުމެންނަށް އިތުބާރުކޮށްފަ އަޅުގަނޑުމެންގެ ޚިދުމަތަށް އަންނަ ކަސްޓަމަރުންނަކީ ލެގަސީއާމެދު ހިތްހަމަ ޖެހިގެން ،އަންނަ ހިތުން އަންނަ ބައެއްކަން. . އެހެންކަމުން އެ އެންމެ ބޭފުޅުންނަށްވެސް ޝުކުރު އަދާކުރަން. އަޅުގަނޑުމެންގެ ކާމިޔާބީ ގެ އެއް އަސްލެއްކަމުގައި އަޅުގަނޑުމެންގެ ކަސްޓަމަރުންގެ ފަރާތުން ލިބޭ ތަރުޙީބު ފާހަގަކުރުމަކީ ޔަގީނުންވެސް ދޮގަކަށް ނުވާނެ” ލެގަސީގެ އެމްޑީ ވިދާޅުވިއެވެ.

ހުޅުމާލެ އަމީން އެވެނިއު ބިލްޑިންގައި ކުރިއަށް ގެންދާ ފިޓްނަސް ސެންޓަރ “ލެގަސީ ފިޓްނަސް” އަކީ ރާއްޖޭގައި މިވަގުތު ހުރި އެންމެ ޖާގަ ތަނަވަސް ޒަމާނީ ޖިމެވެ. ރީތި ހިތްގައިމު ވިއު އަކާއި އެކު ކަސްރަތު ކޮށްލެވޭ މި ޖިމުގައި ހުންނަނީ އެންމެ ޒަމާނީ، ފަހުގެ އިކުއިޕްމަންޓެވެ.

ލެގަސީގެ އަންހެން ޖިމްގެ ޕްރޮމޯޝަންސް އާއި ބެހޭގޮތުން އިތުރު މައުލޫމާތު ބޭނުންވާ ފަރާތްތަކުން 4001300 ނަމްބަރު ނުވަތަ 9431300 ގުޅުއްވުމަށް އެފަރާތުން އެދިލައްވައެވެ.