English Edition
Dhivehi Edition
ފޮޓޯ: މުއިއްޒު2023 ޓްވިޓަރ

ޕީޕީއެމް/ޕީއެންސގެ ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދާ ގޮތް ބައްލަވައިލެއްވުމަށް ޕީއެންސީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހެންވޭރު ދަނޑަށް ވަޑައިގެންފިއެވެ.

ރައީސްގެ އަރިހުގައި އެމަނިކުފާނުގެ ޚާއްސަ މުޝީރު އަދި ޕީއެންސީގެ ޗެއާޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ އާއި ލީޑާޝިޕްގެ ބޭފުޅުން ވެސް ވަޑައިގެންނެވިއެވެ.

އަތޮޅު ތެރޭގެ މީހުންނަށް ހާއްސަކޮށް މާލޭގައި ވޯޓު ފޮށި ބަހައްޓާފައިވާ ސަރަހައްދަށް ރައީސް މުއިއްޒު ވަޑައިގެންފައިވާއިރު، މި އިންތިހާބުގެ ފޯރިވަނީ ވަރަށް ބޮޑަށް ގަދަވެފައެވެ.

މި އިންތިހާބުގައި 227 ވޯޓު ފޮށި ބަހައްޓާފައިވެއެވެ. އަދި އިންތިހާބުގައި 73 ދާއިރާއެއްގެ ޕްރައިމަރީ ގެ ވޯޓުލުން ކުރިއަށް ދާއިރު މި އިންތިހާބުގައި ޖުމްލަ 283 ކެންޑިޑޭޓުން ވާދަކުރެއެވެ. މި އިންތިހާބުގެ ޕްރައިމަރީ ބާއްވާ 73 ދާއިރާއަށް 71،597 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ.

މި އިންތިހާބުގައި، މާލެ ސަރަހައްދުގެ ވޯޓު ފޮށިތައް ބަހައްޓާފައިވަނީ ކަލާފާނު ސްކޫލާއި ޖަމާލުއްދީން ސްކޫލާއި ތާޖުއްދީން ސްކޫލާއި ވިލިމާލޭ ޔޫތު ސެންޓަރުގެ އިތުރުން، ހުޅުމާލޭ ކާމިލްދީދީ ސްކޫލާއި ރެހެންދި ސްކޫލުގައެވެ. އަދި މާލޭގައި އަތޮޅުތަކުގެ ފޮށިތައް ބަހައްޓާފައިވަނީ ހެންވޭރު ފުޓުބޯޅަ ދަނޑުގައެވެ.