English Edition
Dhivehi Edition
ގދ. މަޑަވެލި، އުދަރެސް، ސަހާ ވަހީދް ފޮޓޯ: ފުލުހުން

ރޭ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑޮމެސްޓިކް ޓާމިނަލުން މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާގެ ވަނަވަރު އާންމުކޮށްފިއެވެ.

ފުލުހުން ބުނީ ހައްޔަރުކޮށްފައިވަނީ ގދ. މަޑަވެލި، އުދަރެސް، ސަހާ ވަހީދް ކަމަށެވެ. އޭނާ ހައްޔަރުކޮށް ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަަމަށް ބެލެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓު ފެނިފައިވެއެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 209 ގްރާމް ހުރިކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ފަސްދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

މި މައްސަލަ ޑްރަގް އެންފޯސްމަންޓުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.