English Edition
Dhivehi Edition

މަލައިކާ އާއި އަރްޖުންގެ ގުޅުމާ ބެހޭ ގޮތުން ދައްކަމުންދާ ވާހަކަތަކަށް ރައްދު ދީފި އަރްބާޒްޙާން އާއި މަލައިކާ އަރޯރާގެ 18 އަހަރުވީ ކައިވެންޏަށް ނިމުން އައުމާއެކު ގިނ ބަޔަކުވަނީ މަލައިކާއަށް ވަރަށް ބޮޑަށް ފާޑުކުޔާފައެވެ. 42 އަހަރުގެ މަލައިކާ އަރްބާޒް ކައިރިން ވަރިވެފައިވަނީ އަރްޖުން ކަޕޫރް އާއި ލޯބީގެ ގޮތުން ގުޅުމަށްފަހު ކަމަށް ގިނަ ބަޔަކު ވަނީ ތުހުމަތުކޮށްފައެވެ. މިހާތަނަށް ދެތަރިންގެ ގުޅުމާ ބެހޭ ގޮތުން ދެމީހުންވެސް މީޑިއާއަށް އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައި ނެތް ނަމަވެސް އެންމެ ފަހުން މަލައިކާ މިވަނީ ފާޑުކިޔާ ވާހަކަދައްކާ ފަރާތްތަކަށް ރައްދު ދީފައެވެ. ރިތިކް ރޯޝަންގެ ކުރީގެ އަނބިމީހާ ސުޒައިން ޙާން އާއި ބިޕާޝާ ބާސޫ އާއި އެކު މަލައިކާ ކުރިއަށް ގެންދިޔަ އިވެންޓެއްގައި ނޫސްވެރިންވަނީ އަރްޖުން އާއި މަލައިކާގެ ގުޅުމާ ބެހޭ ގޮތުން ސުވާލުކޮށްފައެވެ. މި ސުވާލުތަކަށް ޖަވާބު ދެމުން މަލައިކާ ބުނެފައިވަނީ އޭނާ އާއި ބެހޭ ގޮތުން ދައްކަން ބޭނުން ކޮންމެ ވާހަކައެއް ދައްކަމުން ދިޔަޔަސް އެކަމަށް މާ ބޮޑު ފަރުވާލެއް ނެތް ކަމަށެވެ. “އަހަރެމެން ތިން މީހުންނަކީ މިނިވަނުން. އަހަރެމެން އުޅެމުން މިދަނީ ހިތްހަމަޖެހިގެން އުފަލުގައި. އެވާހަކަ ނުދައްކަނީ ކީއްވެ؟ ކޮންމެ މީހަކުވެސް މާ މަޖާވެފަ އަހަރެމެންގެ ވާހަކަ މި ދައްކަނީ. މީހުން ދައްކާ ވާހަކަތަކަށް އަހަރެމެން ސަމާލުކަމެއް ނުދެން. ވެދެނެ އެވާހަކަތަކަކީ މާ ޝައުޤުވެރި ވާހަކަތަކެއް ކަމަށްވެސް. ” މަލައިކާ ބުނެފައިވެއެވެ. އަރްޖުން ކަޕޫރްވަނީ މަލައިކާ ޖަޖެއްގެ ގޮތުގައި ފެނިގެންދާ ނަޗް ބަލިއޭ8 ގައި އޭނާ ކުޅެފައިވާ ފިލްމު ހާފް ގާލް ފްރެންޑް ޕްރޮމޯޓްކުރުމަށްޓަކައި ޝަރްދާ ކަޕޫރް އާއި އެކު ބައިވެރިވެފައެވެ. މި ޝޯގައިވެސް މަލައިކާ އާއި އަރުޖުން މާ ބޮޑަށް އަޅާލާ ވާހަކަދައްކާ ހަދާފައި ނުވާކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ. ފިލްމީ މަސައްކަތްތަކުގައި ބިޒީ ޝެޑިއުލްއެއްގައި އުޅެމުންދާ އަރްޖުން މީހުން ދައްކަމުންދާ ވާހަކަތަކަށް މާ ބޮޑު ސަމާލުކަމެއް ދެމުން ނުދާއިރު އަރްޖުން މިހާރު ދަނީ އޭނަގެ ބޮޑުބޭބެ އަނިލް ކަޕޫރް އާއި އެކު ކުޅުމަށް ހަމަޖެހިފައިވާ ފިލްމު މުބާރަކަންގެ މަސައްކަތައް ތައްޔާރުވަމުންނެވެ.