English Edition
Dhivehi Edition

ސ.މީދޫ ވެހި، ޝަކޫރު އަހްމަދަކީ އާދައިގެ ދިރިއުޅުމެއް އުޅެމުން އައި މީހެކެވެ. ރިސޯރޓް ޝެފް ވަޒީފާ އަށްފަހު ރަށަށް އާއިލާ ކައިރިއަށް ބަދަލްވީ ރަށުން ވަޒީފާ ހޯދުމަށެވެ.

ޝަކޫރުގެ ކައިވެންޏަށް ލިބިފައިވާ ދެ އަންހެން ދަރީންނާ އަނބިމީހާ އާއެކު ރަށުގައި ދިިރިއުޅެމުން ދަނިކޮށް ޝަކޫރަށް 2014 ވަނަ އަހަރު ސިއްޙީ މައްސަލަތަކެއް ދިމާވާންފެށިއެވެ. ޝަކޫރުގެ ކަނާއަތުފައިގަ ކުއްލި ރިހުމަކާއެކު ފައި ތުރުތުރު އަޅާކަހަލަ ގޮތެއް ވާންފެށިއެވެ. އަދި މިއާއެކު އާދަޔާ ހިލާފަށް ދާހިއްލާކަން ފާހަގަވިއެވެ. ފަޔަށް ވަމުން އައި އުނދަގޫ ތަކަށް ލުޔެއް ލިބެނީ ހަމައެކަނި ފައިގެ ކަސްރަތުންނެވެ.ނޝަކޫރަށް ދިމާވަމުންއައި މި އުނދަގޫތަކަކީ މައިލްޑް ސްޓްރޯކަކުން ދިމާވި މައްސަލައެއްކަމަށް ޑޮކްޓަރުންގެ ތަހުލީލުން އެނގުނެވެ.

މިމައްސަލައަށް ފަރުވާހޯދުމަށްފަހު ޝަކޫރު އައީ އަނެއްކާވެސް އާދައިގެ ސިއްޙަތެއްގައި ދިރިއުޅެމުންނެވެ.

ޝަކޫރުގެ އާއިލާ އެހެން މީހުންނެކޭ އެއްފަދައިން ދިރިއުޅެމުން ދަނިކޮށް ކަޅުވިލާގަނޑެއް ދައްކާލީ މި ހިނގާ 2024 ވަނަ އަހަރު ޖޫންމަހުގައެވެ. ޝަކޫރުގެ އަނބިމީހާ އާއި ދެދަރިންނަށް ޝަކޫރު އާދަޔާހިލާފަށް ބަސްމަދުކަމާއި އަނގަ ފަރާތަކަށް ދަމާފައި ހުރިކަން ފާހަގަވެ ރަނގަޅަށް ނުހިނގޭކަން ފާހަގަވިއެވެ. އަދި ޝަކޫރުގެ އިހްތިޔާރަކާ ނުލައި ކަންކަންދިމާވާކަން ފާހަނގަ ވާންފެށިއެވެ. މި މައްސަލަތަކުގެ އިތުރަށް ޝަކޫރު އެއްވެސް ކަމެއް ހަނދާން ނުހުންނަ ކަމާއި ވާހަކަދެއްކުމުގައި ހަމަޖެހޭ ގޮތެއް ނެތްކަން ފާހަގަވިއެވެ. މިހާހިސާބުން ޝަކޫރަށް ފަރުވާ ދިނުމަށް ޑޮކްޓަރަށް ދައްކައި އައްޑޫ އެކުޓޯރިއަލް ހޮސްޕިޓަލުން ހެދި ޓެސްޓުތަކުން ދެއްކި ނަތީޖާއިން އާއިލާ އެންމެންގެ ގޮތްހުސްވެ ހިތާމައިގެ ވަޅުގަނޑަކަށް ވެއްޓުނެވެ. ޝަކޫރުގެ ރިޕޯޓު ތަކުން ދައްކަނީ އޭނައަށް މޭޖަރ ސްޓްރޯކެއް ޖެހި ސިކުނޑީގެ ނާރެއް ހިމަވެފައި ވާކަމެވެ. މި ސަބަބާ ހެދި ޝަކޫރުގެ ހާލަތު ދަށްވަމުން އައިސް ކަނާއަތު ފައިގެ ބާރު ގޮސް ބޮލުގެ ފަހަތުން ދެ އަރިމައްޗާ ހަމައަށް ވަނީ އައްސިވެފައެވެ.


މާލެ ގޮސް ޑޮކްޓަރ ނިއާފް އަށް ދެއްކުމުން ބުނެފައިވަނީ ޝަކޫރުގެ ސިކުނޑީގެ ނާރު ހިމަވުމުގެ ސަބަބުން ބޮލުގެ ފަހަތުން އައްސިވެ ހަށިގަނޑުގެ އެއްފަޅި ވަނީ ބާރުދޫވެފައެެވެ.
ޑޮކްޓަރު ނިޔާފް އަންގަނީ ބޯ އައްސި ވަމުން އައިސް ނިތްކުރިޔާ ހަމައަށް ފޯރައިފިނަމަ މުޅިމީހާ އެއްކޮށް ޕެރަލައިޒް ވުމުގެ ފުރުސަތު ބޮޑުކަމަށެވެ. އެހެން ކަމުން މިވަގުތު އައިޖީއެމް.ހޮސްޕިޓަލުން ދަނީ ޝަކޫރުގެ މޭޖާ ބްރެއިން ސާރޖަރީ އަކަށް ތައްޔާރު ކުރަމުންނެވެ.

ޝަކޫރުގެ އެންމެފަހުގެ ރިޕޯރޓް

އައިޖީއެމް ހޮސްޕިޓަލުން މި އޮޕަރޭޝަން ކުރަން ތައްޔާރުވަމުން އައި ނަމަވެސް އެއަށްވުރެން އަވަސް މުއްދަތެއްގައި ޓްރީޓޮޕުން މިސާރޖަރީ ކުރެވެން އެބައޮތެވެ. އެހެން ނަމަވެސް މިކަަމަށް އޮތް ހުރަހަކީ ސާރޖަރީ އަށް ހިނގާނެ ހަރަދެވެ. އާއިލާއިން ބޭނުންވަނީ ވީ އެންމެ އަވަހަށް އޮޕަރޭޝަން ކުރުމަށެވެ. މި ފުރުސަތު ޓްރީޓޮޕުން އޮތް ނަމަވެސް، އާއިލާގެ މާލީ ތަނަވަސްކަން އެކަމަށް ހުރަސް އަޅައެވެ. ބަލިމީހާ އަށް އާސަންދަ ހަމަޖެހުނު ކަމުގައިވީ ނަމަވެސް އެކީގައި މާލެ ފުރާ ޝަކޫރުގެ ދަރިފުޅު ޝަމްސުއްނިސާ އާއި އާއިލާގެ އެހެން މެންބަރުންގެ މާލީހާލަތު ދަށްވުމުގެ ސަބަބުން ވަނީ ވަރަށް ބޮޑަށް ތިއެންމެހާ ބޭފުޅުންގެ ދީލަތި އެހީއަކަށް ބޭނުންވެފައެވެ.

ޝަކޫރުގެ ފިރިހެން ދަރިޔަކު ނެތި ހަމަ އެކަނި ތިބި ދެ އަންހެން ކުދިންގެ އަމިއްލަ ދިރިއުޅުމުގެ ކަންތައްތައް ބަލަހައްޓަމުން ބައްޕަގެ އާސަންދު ހަރަދު ފިޔަވައި އެކީގައި ދާ މީހާއަށް ހޭދަވާނެ ހަރަދު ނޭންގޭތީ އެކުދީންނަށްވަނީ ވަރަށް ބޮޑަށް އެހީއަކަށް ބޭނުންވެއެވެ. އަދި ބޭސްފަރުވާއަށް މާލެގޮސް ހުރުމާއި ކެއުމުގެ ހަރަދު ހިނގާނެ މުއްދަތެއް ނޭގޭ ކަމަށް ޝަމްސު ބުނެއެވެ. ފަރުވާ އަށް އާސަންދަ ލިބުނު ކަމުގައިވީ ނަމަވެސް އެއާއިލާގެ މާލީ ހާލަތު، މާލެ ގޮސްހުރުމަކަށް ތަނެއް ނުދެއެވެ. އެހީތެރިން މާލެ ގޮސް ހުންނަ ތަނަކީވެސް އަމިއްލައަށް ބަލަހައްޓަންޖެހޭ ހަރަދުތަކެވެ.

ޝަކޫރުގެ ބައްޔަށް ފަރުވާދިނުމަށް މާލެއަށް ފުރަން ތައްޔާރު ވާއިރު ޝަކޫރިގެ އާއިލާއިން އެދެނީ އެހީގެ ކުޑަ މިންވަރެއްވެސް ދެވެން އޮތް ފަރާތެއްނަމަ އެހީވެދިނުމަށެވެ. އަދި އެހީވެވެން ނެތްނަމަ ޝަކޫރުގެ އޮޕްރޭޝަން ކާމިޔާބު ކޮށް ހެޔޮހާލުގައި ލެއްވުމަށް ހެޔޮދުއާ ކޮށްދިނުމަށް އެދެއެވެ.

ޝަކޫރުގެ ބަލިހާލަތާ ބެހޭގޮތުން އިތުރު މައުލޫމާތު އޮޅުން ފިލުވުމަށް 9132132 (ޝަމްސުއް ނިސާ) ނަންބަރަށް ގުޅުމަށާއި އަދި މާލީ އެހީތެރިކަން ފޯރުުކޮށްދިނުމަށް އެކައުންޓަށް ފައިސާގެ އެހީ ފޯރުކޮށްދިނުމަށް އާއިލާއިން އެދެއެވެ.

ފައިސާ އެކައުންޓް ނަންބަރު: 7730000105738

އެކައުންޓް ނަން: ޝަމްސުއް ނިސާ

ޑޮލަރ އެކައުންޓް ނަންބަރު: 7770000036365

އެކައުންޓް ނަން: ޝަމްސުއް ނިސާ

ނޯޓް: ޝަކޫރުގެ ފަހުގެ ރިޕޯރޓާއި ޑޮކްޓަރގެ ލިޔުން މިއާޓިކަލްގައި ހިމަނާފައި ވާނެއެވެ.

މާތް ނަބިއްޔާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘެއްގެ މާނައިގައިވެއެވެ.

“އަދި އެމީހެއްގެ އަޚާގެ ކިބައިން ދުނިޔެ މަތީގައި ދަތިކަމެއް ފިލުވައިދީފި މީހަކަށް، އެމީހަކަށް ޤިޔާމަތްދުވަހުން ޖެހޭ މުޞީބާތްތަކުގެ ތެރޭން މުޞީބާތެއް ﷲ ފިލުއްވައިދެއްވާހުއްޓެވެ. އަދި އުނދަގުލެއް ޖެހިފައިވާ މީހާއަށް ފަސޭހަކޮށްދީފިމީހަކަށް، ﷲ އެމީހަކަށް ދުނިޔެމަތީގަޔާއި އާޚިރަތުގައި ފަސޭހަކޮށްދެއްވާނެއެވެ. އަދި މުސްލިމެއްގެ (ޢައިބު ފޮރުވައިދީފިމީހާ)ގެ ޢައިބު، ދުނިޔެއާއި އާޚިރަތުގައި ﷲ އެމީހެއްގެ ޢައިބުފޮރުވައިދެއްވާ ހުއްޓެވެ. އަދި ހަމަކަށަވަރުން އެމީހެއްގެ އަޚާއަށް އެހީވުމުގެ މަތީގައި ހުންނަމީހާއަށް އެހީތެރިވޮޑިގަތުން މަތީގައި ﷲ ވޮޑިގެންވެއެވެ.”

މާތް ﷲ އަށްޓަކާ އެހީތެރިވެދެއްވާ! މާތް ﷲ އަށްޓަކާ ކުރާ އެއްވެސް ހޭދައަކީ ގެއްލިގެންދާނެ އެއްޗެއް ނޫން! ދެދުނިޔޭގަވެސް މަތިވެރި ވެގެންވާ ސަވާބާއި ދަރުމަ ލިބޭނެ، إن شاء الله!