English Edition
Dhivehi Edition

ހުކުރު ދުވަހުގެ ރޭ ހިފާ ފުރިހަމަ ހަނދުކޭތަ ރާއްޖެ އަށްވެސް ފެންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

ފަލަކީ ހިސާބުތަކުން ދައްކާ ގޮތުގައި ކޭތަ ހިފާނީ ހުކުރު ދުވަހުގެ ރޭ ރާއްޖޭ ގަޑިން 10:07 އިން ފެށިގެން 11 ޖަނަވަރީ 2020 ވާ ހޮނިހިރު ވިލޭރޭގެ މެންދަމު 2:12 އާ ދެމެދު އެވެ. އަދި ކޭތަ އެންމެ ބޮޑަށް ހިފާފައި ހުންނާނީ ދަންވަރު 12:10 ގައެވެ. އެހެންކަމުން ކޮންމެ ރަށެއްގައިވެސް އެންމެބޮޑު މިސްކިތުގައި ހޮނިހިރު ވިލޭރޭގެ މެންދަމު 12:00 ގައި ކޭތަ ނަމާދުކުރުން އޮންނާނެ ކަމަށް އިސްލާމިކްމިނިސްޓްރީންވަނީ ބުނެފައެވެ. މި ދުވަސްވަރަކީ ވިއްސާރަ ދުވަސް ވަރަކަށް ވުމުން ކޭތަ ހިފާ ގަޑީގައި ވިލާ ބޯ ނޫން ނަމަ މި ކޭތަ ރާއްޖެއަށް ފެންނާނެއެވެ.

މާދަމާ ރޭ ހިނފާ ހަނދުކޭތަ ފެންނާނެ ގައުމުތަކުގެ ތެރޭގައި ޔޫރަޕްގެ ގައުމުތަކާއި، އޮސްޓްރޭލިއާ، ނޯތް އެމެރިކާ، ސައުތް އެމެރިކާ، އޭޝިއާގެ ގައުމުތަކުގެ އިތުރުން ޕެސިފިކް، އެޓްލާންޓިކް، އިންޑިއާ ކަނޑުގެ ސަރަހައްދުތައް ހިމެނެއެވެ. މާދަމާރޭގެ އިތުރުން މިއަހަރު ޖޫން 05 ވަނަ ދުވަހާއި، ޖުލައި05 ވަނަ ދުވަހާއި އަދި ނޮވެމްބަރު 30 ވަނަ ދުވަހު ވެސް ހަނދުކޭތަ ހިފާނެ އެވެ.

އިރުކޭތަ އަދި ހަނދުކޭތަ ހިފަނީ، ދުނިޔެ ވަށައިގެން ހަނދު ދައުރުކޮށް އަދި އިރު ވަށައިގެން ދުނިޔެއާއި ހަނދު ދައުރުކުރާތީ އެވެ. އެތަކެތި ދައުރުކުރަމުންދާއިރު، ބައެއްފަހަރު، އިރާއި ދުނިޔެއާ ދެމެދަށް ހަނދު ވަނުމުން ހިފަނީ އިރުކޭތަ އެވެ. ބައެއްފަހަރު އިރާއި ހަނދާ ދެމެދަށް ދުނިޔެ ވަނުމުން ހިފަނީ ހަނދުކޭތަ އެވެ.