English Edition
Dhivehi Edition

މި އަހަރު ހިފާ ފުރަތަމަ ހަނދުކޭތަ މިރޭ ރާއްޖެއަށް ފެންނާނެ ކަމަށް ފަލަކީ ހިސާބުތަކުން ދައްކައިފިއެވެ.

މި ހަނދުކޭތަ ހިފަން ފަށާނީ މިރޭ 8:15 ގައެވެ. އަދި, ހަނދު ކޭތަ ހިފާ ނިމޭނީ މެންދަމު 12:30 ގައެވެ.

މިކަމާ ގުޅިގެން މެޓް އޮފީހުން ބުނީ ހަނދުކޭތަ ހިފާ ވަގުތު އެންމެ ގަދައަށް ހިފާނީ ގަޑިން 10:22 ގައި ކަމަށެވެ.

މެޓް އޮފީހުން ބުނީ މި ދުވަސްކޮޅު ވިއްސާރަވެ، މޫސުން ގޯސްވުމާ ގުޅިގެން މި ކޭތަ ފެންނާނީ ހިޔަންޏެއް ގޮތަށް ފަނޑުކޮށް ކަމަށެވެ. އުޑުމަތު ސާފުނަމަ މި ކޭތަ ސާފުކޮށް ފެންނާނެ ކަމަށް ވެސް ބުނެފައިވެއެވެ.

ހަނދު ކޭތަ ހިފާއިރު ހިޔަންޏެއް ގޮތަށް ފެންނާނެތީ އެހާ ސާފު ނުވުމުގެ ސަބަބުން ކޭތަ ނަމާދު ނުކުރަން އިސްލާމިކް މިނިސްޓްރީން ވަނީ ނިންމާފައެވެ.

މިއީ މިއަހަރުގެ ދެވަނަ ކޭތައެވެ. އެގޮތުން މީގެ ކުރިން ހިފާފައި ވަނީ އިރު ކޭތައެކެވެ.