English Edition
Dhivehi Edition

މި އަހަަރު ފެންނާނެ ކަމަށް ބެލެވޭ އެންމެ ފަހު ހަނދުކޭތަ މިރޭ ރާއްޖެ ހިމެނޭ ގޮތަށް ބޮޑު ސަރަހައްދަކަށް ފެނިގެން ދާނެއެވެ.

މިރޭ ކޭތަ ހިފަން ފަށާނީ 11:43ގަ އެވެ. 5 ގަޑިއިރާއި 34 މިނެޓަށް ދިގު ދެމިގެންދާމި ކޭތަ ވީއްލާނީ ފަތިހު 5:17 ގަ އެވެ. ކޭތަ އެންމެ ބޮޑަށް ހިފާފައި ހުންނާނީ މެންދަމުން އަލިވެ 2:30 ގަ އެވެ.މިރޭ ހިފާނީ ފުރިހަމަ ހަނދުކޭތައެއް ނޫނެވެ. މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ މިރޭ ހިފާ ހަނދުކޭތަ ރާއްޖެއަށްވެސް ފެންނާނެކަމަށާއި އެހެންނަމަވެސް ވިއްސާރަ މޫސުމުގެ ވިލާތަކާއި ހެދި މި ކޭތަ ނުފެނުންވެސް އެކަށީގެންވާ ކަމަށެވެ.

ރާއްޖޭގެ އިތުރުން އޭޝިއާގެ އެހެން ބައެއް ގައުމުތަކަށާއި، ޔޫރަޕްގެ ބައެއް ހިސާބުތަކުގެ އިތުރުން، އެފްރިކާ އޮސްޓްރޭލިއާއަށް ވެސް މި ހަނދުކޭތަ ފެންނާނެއެވެ. ރާއްޖެ އަށް ދެން ހަނދުކޭތައެއް ހިފާނީ އަންނަ ޖެނުއަރީ މަހުގެ 11 ވަނަ ދުވަހުގެ ރޭ ދަންވަރު އެވެ.