English Edition
Dhivehi Edition

މިރޭ ހިފާ ހަނދުކޭތަ ރާއްޖެއަށް ފެންނާނެކަމަށާ އެހެންކަމުން ރާއްޖޭގެ ހުރިހާ ރަށެއްގައި ހަނދުކޭތަ ނަމާދު ކުރަން އިސްލާމިކް މިނިސްޓްރީން އަންގައިިފިއެވެ.

އިސްލާމިކް މިނިސްޓްރީން، ބުނީ ހަނދުކޭތަ ހިފަން ފަށާނީ މިރޭ 23:01 ގައި ކަމަށެވެ. ހަނދު ކޭތަ އެންމެ ބޮޑަށް ހިފާފައި ހުންނާނީ މެންދަމުން އަލިވެ 1:14 ގައިކަމަށާ އަދި ހަނދުކޭތަ ވީއްލާނީ 3:26 ގައި ކަމަށެވެ.

އެހެންކަމުން އިސްލާމިކް މިނިސްޓްރީން ވަނީ ހުރިހާ ރަށެއްގައި މިރޭ މެންދަމުން އަލިވެ 1:15 ގައި ކޭތަ ނަމާދު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ރަށު ކައުންސިލް ތަކާ އަތޮޅު ކައުންސިލްތަކަށް އަންގާފައެވެ.

ފަލަކީ ހިސާބުތަކުން ދައްކާ ގޮތުން ދެން ރާއްޖެއަށް ފެންނަ ހަނދުކޭތައެއް އެންމެ އަވަހަށް ހިފާނީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހުއެވެ.